އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެންމެ ފުރަތަމަ ނަތީޖާ އިއުލާނުކުރި ދެ އަވަށުގެ ނަތީޖާއިން ވެސް ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ކުރި ހޯއްދަވައިފި އެވެ.
މި ކުޑަ ކުޑަ ދެ އަވަށުގެ ޖުމްލަ އާބާދީ އަކީ 26 އެވެ. އެގޮތުން ޑިކްސްވިލް ނޮޗްގެ ފައިނަލް ނަތީޖާއިން ދައްކާ ގޮތުން އެ އަވަށުުގެ ފަސް ވޯޓު ވެސް ލިބިފައިވަނީ ބައިޑެން އަށެވެ.
ކެނެޑާގެ ބޯޑަރު ކައިރީގައި އޮންނަ މި އަވަށަކީ ފާއިތުވެ ދިޔަ 60 އަހަރުގެ ތެރޭގައި ވެސް އެންމެ އަވަހަށް އިންތިހާބުގެ ނަތީޖާ ހާމަކުރާ އެމެރިކާގެ އަވަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެކަނިވެރި މައިންގެ އެހީ ޕްރޮގްރާމުން 84 މީހުން އުނިކޮށްފި
ސަލްމާންގެ ރަސްމީ ޔޫޓިއުބް ޗެނަލް އިފްތިތާހް ކޮށްފި
ސައުދީގެ އެއާޕޯޓަށް ހޫތީން ހަމަލާދީ 12 މީހުން މަރާލައިފި
