ބޮލީވުޑްގެ ލަވަތައް ކުޅެދީ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސަނީ ލިއޯނާއި ދިމާލަށް އާންމުން އެއްޗެހި ކިޔުމުން ސަނީގެ ފިރިމީހާ ރުޅިގަދަވެއްޖެ އެވެ.

ސަނީ ލިއޯނަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވީ، އޭނާ ދަރުފުޅު ނިޝާ ގޮވައިގެން ބޭރަށް ދިޔަ ވަގުތު، ނިޝާގެ އަތުގައި ނުހިފުމުންނެވެ.

އެހެންނަމަވެސް އާންމުން ސަނީއަށް އެއްޗިހި ކިޔާފައި ވަނީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ކަން ފާހަގަކޮށް ޑެނިއަލް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަނީއަށާއި، ޑެނިއަލްއަށް ލިބިފައިވާ ދެ ފިރިހެން ކުދިންނަކީ ސިޔާސަ ކުދިންކަމުގައި ޑެނިއަލް ވަނީ ބުނެފަ އެވެ. ނަމަވެސް ނިޝާއަކީ ތަފާތު ކުއްޖެއް ކަމަށާއި، މަގުމަތީގައި ދާއިރު ބަސްއަހައިގެން ހިނގަން އެނގޭ ކަމަށް ޑެނިއަލް ވަނީ ބުނެފަ އެވެ.

ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވަނީ 2018 ވަނަ އަހަރު ސަރޮގެސީ މެދުވެރިކޮށް އެ ދެ މީހުންގެ ދެ ދަރިން ކަމަށްވާ ނޯއާ އާއި އަޝާ ހޯދާފަ އެވެ. އަދި އެއަށްފަހު ނިޝާ ހޯދާފައިވަނީ އެޑޮޕްޓު ކޮށްގެންނެވެ.