ބޮލީވުޑްގެ މަޝްހޫރު ފަންނާނު ސުޝްމިތާ ސެން، އޭނާގެ ލޯބިވެރިޔާ އާ ކައިވެނިކުރަން އުޅުނު ނަމަވެސް ކައިވެނި ނުކުރި ސަބަބު ހާމަކޮށްފި އެވެ.

ސުޝްމީތާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރޯމަން ޝޯލް އާ އެންމެ ފުރަތަމަ ދިމާވެފައި ވަނީ 2018 ވަނަ އަހަރު ފެޝެން ޝޯއެއްގެ ތެރެއިންނެވެ. އެއަށްފަހު ތިން އަހަރު ދުވަހު އެކީގައި އުޅުމަށްފަހު ކައިވެނިކުރަން ތައްޔާރުވި ނަމަވެސް އެ ދެެމީހުން ވަނީ ދެމީހުންގެ ގުޅުން އެއްކޮށް ނިންމާލާފަ އެވެ.

ސުޝްމިތާ ބުނާގޮތުގައި އޭނާގެ ލޯބިވެރިޔާ އާއި ގުޅުން ނިންމާލާފައިވަނީ ކައިވެނި ވެސް ކުރަން ތައްޔާރުވެފައި ވަނިކޮށެވެ. އެހެން ނަމަވެސް އޭނާ ކައިވެނި ނުކޮށް ގުޅުން ނިންމާލީ އެގުޅުމުގެ ސަބަބުން އޭނާ އަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ތަކުރާރުކޮށް ސުޝްމީތާއަށް ފަހުމްވާން ފެށުމުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެދެ މީހުން ރުޅިވާން ޖެހުނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސުޝްމީތާ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ސުޝްމީތާ ވަނީ، އެދެ މީހުންގެ ލޯބީގެ ގުޅުން ކެނޑުނު ނަމަވެސް، އަބަދުމެ އަބަދަށް އެދެ މީހުން ރަހުމަތްތެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށް ބުނެފަ އެވެ.

ސުޝްމިތާގެ ލޯބީގެ ހަޔާތާއި ގުޅޭގޮތުން ގިނަ ބަޔަކު ވާހަކަތައް ދައްކަމުންދާއިރު، ގިނަ މީހުން އެންމެ ފާޑުކިޔަނީ، އޭނާ އެއްވެސް މީހަކާއެކު ދިގު މުއްދަތަކަށް ނޫޅުވޭތީ އެވެ. މިގޮތުން ރޯމަންއަކީ ސުޝްމިތާއަށް ލޯބީގެ ގޮތުން ގުޅުނު 11 ވަނަ މީހާ އެވެ.