އދ. މަންދޫގައި ތަރައްގީކުރި ސިޓީ ހޮޓާ، ފިޔަވަޅު މޯލްޑިވްސް އިއްޔެ ހުޅުވައިފި އެވެ.
މި ހޮޓާ ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. އޭނާއާ އެކު އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ފިޔަވަޅު މޯލްޑިވްސް ތަރައްގީކޮށްފައި ވަނީ، ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ މަންދޫގެ ދެކުނު ފަރާތުގަ އެވެ. މި ހޮޓާ ހުޅުވާފައި ވަނީ ޖުމްލަ 44 ކޮޓަރިއާ އެކުގަ އެވެ. އެހެން ނަމަވެސް، ޖުމްލަ 100 ކޮޓަރި ހިމެނޭ ގޮތަށް ތަރައްގީކުރަން ނިންމާފައިވެ އެވެ.
ރިސޯޓަކުން ލިބެން ހުންނަ ހުރިހާ ވަސީލަތެއް މި ތަނުން ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި، އެކި ވައްތަރުގެ ކާތަކެތި ފޯރުކޮށްދޭ ރެސްޓޯރަންޓަކާއި އިންވިލާ ސާވިސްގެ އިތުރުން، ވޯޓާ ސްޕޯޓްސް އަދި ޑައިވިން ސެންޓަރެއް ވެސް ހިމެނެ އެވެ.
ފިޔަވަޅު މޯލްޑިވްސްގެ އެންމެ ތަފާތު ކަމަކީ ރިސޯޓްތަކުން ލިބޭ ވަރުގެ ހިދުމަތްތަައް ލިބެން ހުރުމުގެ އިތުރަށް، ދިވެހިންގެ އާދަކާދަ އާއި ސަގާފަތް ކައިރިން ބަލައިލުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.
109 އަހަރުގެ ޖަލު ހުކުން ތަންފީޒު ކުރަމުންދާ ޝިފާއު ގޭބަންދަށް
ކަނޑިންމަ ރިސޯޓްގައި ދެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ރަންބީރުގެ "ރާމަޔާނާ"ގެ ސެޓުގައި އަލިފާނުގެ ހާދިސާއެއް!