ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހާގެ މިއަދަށް ތާވަލްކުރި ޝަރީއަތް ކެންސަލްކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ އިސްމާއީލް ޔާސިފް އެވެ.
އޭނާ ހައްޔަރުކުރީ ފޭސްބުކްގެ ކޮމެންޓެއްގައި ހާމަކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެންނެވެ.
މިގޮތުން ޔާސިރު ކުރި ކޮމެންޓުގައި ރައީސް ނަޝީދު އަނބުރާ ރާއްޖެ އައިސްފި ނަމަ އަބޫޖަހުލަށް ބަދުރު ހަނގުރާމައިގައި ހެދި ގޮތް ހަދައިލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފައިވެ އެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ނިރުބަވެރި އަމަލެއް ހިންގަން އިންޒާރުދިނުމުގެ ދައުވާ، ނިރުބަވެރި އަމަލު ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އަދި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ.
އޭނާގެ ޝަރީއަތް މިއަދުގެ ހެނދުނު 9 ގައި ބޭއްވުމަށް ހަމަޖެހުނު ނަމަވެސް ޝަރީއަތް ކެންސަލްވީ އިދާރީ ސަބަބުތަކާއި ގުޅިގެންކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
"ކެޔެވުން ފެށުމުގެ ކުރިން ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ"
ޑްރަގްގެ ބޮޑުންގެ އެކައުންޓްތަކުގައި 20 މިލިއަން ދައުރުވި
މާ ގިނައިން އާ ފުރުމަކީ އިންޒާރަކަށް ވެދާނެ!
