އދ. މަންދޫ ކައިރި ހުރި ފަރަކަށް ޑައިވިންނަށް ފޭބި ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
ޑައިވްކުރަން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް އިއްޔެ މެންދުރު 3:55 ގައި ލިބުނު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންގެންދަނީ އުމުރުން 69 އަހަރުގެ އިނގިރޭސި ވިލާތުގެ އަންހެނެކެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީންނާއި، އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓާ ކްރާފްޓް (ވެލާނާ)ން، ޑައިވަރުންނާއި އެކު ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރުމަށް ހަރަކާތްތެރިވަމުން ގެންދާކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ އެމީހާ ހޯދުމަށް ސާފޭސް ސާޗްގެ އިތުރުން ޑައިވްކޮށްގެން ވެސް ހަރަކާތްތެރިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގެ ރިސޯޓުތަކުގެ ޑައިވަރުން ވެސް މަސައްކަތްކުރާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

400 ޑޮލަރުގެ އަވާމެންދުރެއް: ސަރުކާރުން ހަދަނީ ދަންތުރައެއް
ރޯދަ މަލާފަތް: ފެންފޮޅި ތައްޔާރު ކުރަން ފަސޭހަ ވެފައި އެހާ މީރު!
48 ގަޑިއިރުގެ ތެރޭގައި 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
