ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް އިތުރު 3،324 މީހަކު ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަ ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 397،483 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 369،424 މީހަކު ހިމެނެ އެވެ.
އޭގެ އިތުރުން މިހާތަނަށް ޖުމްލަ 58،936 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑުން ސަލާމަތްވުމަށް ތިންވަނަ ޑޯޒް ޖަހަން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.
އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ބޫސްޓާ ޑޯޒް ޖަހަމުން ގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ ފުރަތަމަ ހަފްތާގައި ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށާއި، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވާލާނެ ކަމަށް ބުނެފައިވެ އެވެ.
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!
ކީބޯޑުގެ އަކުރުތައް ތަރުތީބުން ނުހުންނަނީ ކީއްވެ؟
ފޭދޫ ސުކޫލުގެ ކެޑޭޓް ކޭމްޕުގެ 31 ދަރިވަރަކު ބަލިވެގެން ފަރުވާދެނީ
