ކޮވިޑުން ދިފާއުވުމަށް މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ހެނދުނު 9:00 އިން މެންދުރު 12:45 އަށް، އަދި މެންދުރު 2:00 އިން އިރުއޮއްސި 6:45 އަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށެވެ. އަދި ވެކްސިން ޖަހައިދޭނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

އެޗްޕީއޭން ބުނީ ސެނަހިޔާއިން ވެކްސިން ޖަހައިދިނުން ކުރިއަށްދާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުދަ ދުވަހަށް މެންދުރު 12:00 އިން މެންދުރުފަހު 3:00 އާއި ހަމައަށް ކަމަށެވެ. އަދި ސިނޮފާމް ވެކްސިން ޖަހާނީ ކޮންމެ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަކަށް ހެނދުނު 8:00 އިން 9:00 އަށް ކަމަށާއި، އެސްޓްރަޒެނެކާ ޖަހައިދޭނީ ކޮންމެ އާދިއްތައިން ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:30 އިން 11:00 އާއި ހަމައަށް ކަމަށް އެޗްޕީއޭން ބުނެފައިވެ އެވެ.

އޭގެ އިތުރުން ދަރުބާރުގޭގައި ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހޮނިހިރުން ބުދަ ދުވަހަށް ހެނދުނު 11:00 އިން މެންދުރު 1:00 އަށް، އަދި މެންދުރު 2:00 އިން 5:45 އާއި ހަމައަށެވެ. އަދި ދަމަނަވެށީގައި ވެކްސިން ޖަހައިދޭނީ ކޮންމެ އާދިއްތަ އިން ބުދަ ދުވަހަށް މެންދުރު 1:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށް ކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

އެޗްޕީއޭން ބުނީ ހުޅުމާލެ ހޮސްޕިޓަލްގައި ވެކްސިން ޖަހައިދޭނީ ކޮންމް ހޮނިހިރު ދުވަހަކުން ބުދަ ދުވަހަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށާއި، މެންދުރު 2:00 އިން ހަވީރު 5:00 އަށް ކަމަށެވެ.