ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި އާލިޔާ ބާޓް ފިރިހެނުންގެ ފާހަނާއަށް ވަންނަން ޖެހުނު ކަމަށް ދީޕިިކާ ބުނެފި އެވެ.

ދީޕިކާ ބުނީ އެ ދުވަހަކީ ބާލިންގައި އޮތް ކޯލްޑް ޕްލޭ ކޮންސެޓަށް ދިޔަ ދުވެހެއް ކަމަށެވެ.

ކޮންސެޓަށް ދިއުމަށް ފަހު އެދެ ފަންނާނުން ވެސް ފާހާނާއަށް ދިއުމަށް ބަލައިލި އިރު، އަންހެނުންގެ ފާހާނާއަށް ދިއުމަށް އޮތް ކިއު ބޮޑުކޮށް އޮތް ކަމަށް ދީޕިކާ ބުންޏެވެ.

"އެ ދުވަހު އަހަރުމެން ތިބީ ކޯލްޑް ޕްލޭ ކޮންސެޓަށް ގޮސް. ދެން އަހަރެމެންނަށް ކަމު ނުދާ ލަވައެއް ޖެހި ހިސާބުން އަހަރުމެން ވެސް އެ ލަވަ ނިމެންވާއިރަށް ބޭނުންވީ ފާހާނާއަށް ދާން. އެކަމަކު އަންހެނުންގެ ފާހާނާއަށް ދިއުމަށް އޮތް ކިއު ވަރަށް ބޮޑުކޮށް އޮތީ. އާލިއާ ވެސް ހުރި އަހަރެންނާއެކު އެވަގުތު. ދެން އެންމެ ފަހުން އަހަރުމެން ދިޔައީ ފިރިހެނުންގެ ފާހާނާއަށް،" ދީޕިކާ ބުންޏެވެ.

ދީޕިކާ އިތުރަށް ބުނީ، ފާހާނާއަކަށް ވަންނަ އިރުގައި އެތަން އޮތީ ސާފުތާހިރުކޮށްތޯ، ނުވަތަ ނޫންތޯ ނުބަލާ ކަމަށެވެ. އަދި ފާހާނާ ކުރަން ޖެހުމުން އެންމެ ބޮޑު އިސްކަމެއް ދެވެނީ އެކަމަށް ކަމަށާއި، ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ފިރިހެނުންގެ ފާހާނާ ބޭނުން ކުރުމަކީ މައްސަލައެއްގެ ގޮތުގައި އޭނާ ނުދެކޭ ކަމަށް ދީޕިކާ ބުނެ އެވެ.