ކޭއެފްްސީއަކީ އެތަނުގައި ހަދާ ކުކުޅުގެ ރަހައިގެ ސަބަބުން މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ. 67 އަހަރު ވެފައިވާ ކޭއެފްސީ ކުކުޅުގެ ރެސިޕީއަކީ ވަރަށް ފޮރުވައިގެން ގެންގުޅޭ ރެސިޕީއެއް ނަމަވެސް ގޭގައި ވެސް އެ ސްޓައިލަށް ކުކުޅު ހަދާލެވިދާނެ އެވެ.
ބޭނުންވާ ތަކެތި
- 2 ޖޯޑު ފުށް
- 3/2 ސަމުސާ ލޮނު
- 2/1 ސަމުސާ ތައިމް ފަތް
- 1 ސަމުސާ ހިކި ސްޕަގުލް/2
- 3/1 ސަމުސާ ހިކި މާރްޖޮރަމް
- 1 ސަމުސާ އަސޭމިރުސް
- 1 ސަމުސާ ރީނދޫ
- 4 ސަމުސާ ބެލްޕެޕާ ޕައުޑަރު
- 2 ސަމުސާ ލޮނުމެދު ލޮނު
- 1 ސަމުސާ މުގުރި އިގުރު
- 3 ސަމުސާ ހުދު އަސޭމިރުސް
- 1 ޖޯޑު ލޯ ފެޓް ކުރީމް
- 1 ބިސް (ގިރުވާފައި)
- ކަނޯލާ އޮއިލް
ތައްޔާރު ކުރާ ގޮތް
- ފުރަތަމަ ފުށާއި ހުރިހާ ހަވާދު ތަކެއް ޖޯޑެއްގަ އެއްކޮށްލާށެވެ.
- އެއަށްފަހު ބިސް އަދި ލޯ ފެޓް ކުރީމް އެއްކޮށްލުމަށްފަހު އޭގެ ތެރޭގައި ކުކުޅުތައް 30-20 މިނެޓް ވަންދެން ބާއްވާށެވެ.
- ލޯ ފެޓް ކުރީމް ތެރެއިން ކުކުޅު ނެގުމަށް ފަހު، ހިކުުމުން ކުރިން ހެދި ހަވާދު ގަނޑުގެ ތެރެއަށް އަަޅައި އެއްކޮށް ލާށެވެ. އެއަށްފަހު ތަވައެއްގައި ކުކުޅު އަތުރާލައިފަ 20 މިނެޓް ބަހައްޓާ ލާށެވެ.
- ތަވަޔަށް ތެޔޮ އަޅައި 175 ޑިގްރީ އަށް ހޫނު ކޮށްލާށެވެ. 4-3 އެތިކޮޅު ތަވަޔައްލައި މަޑު ރަން ކުލަ އަރަންދެން ތެލުލާޓެވެ.
ކުކުޅުތައް ހިހޫ ވުމުން ސުފުރާ މައްޗަށް އިންސާފު ކުރަން ތައްޔާރުވީ އެވެ. ސޯސް ކޮޅަކާ ޖަހައިގެން ކެއުމުން ކޭއެފްސީގެ ރަހަ އަންނާނެ އެވެ.