ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެއްޗާ އެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ "ދޮވެމި" ފިހާރަ ކުރިމަތިންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފުލުހުން އޭނާގެ އަތުގައި ބިޑި އަޅުވާފައި ބިންމަތީގައި ބައިންދާފައި އިންނަތަން ފެނެ އެވެ.
އޭގެ އިތުރުން އޭނާ ގެންގުޅުނު ކަމަށް ބެލެވޭ މަސްތުވާތަކެތީގެ ޕެކެޓެއް ވެސް ފަޅައިގެން ގޮސް މުޅި ސަރަހައްދުގައި ފެތުރިފައި އޮތް ތަން ފޮޓޯތަކުން ފެނެ އެވެ.
އެހެންނަމަވެސް އެ ކޮތަޅު ފަޅައިގެން ގޮސްފައި ވަނީ ކިހިނެއް ކަމެއް ހާމަވެފައެއް ނުވެ އެވެ.
އެނާ ގެންގުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި ކިލޯއެއް ވަރު ހުންނާނެކަމަށް މީޑިއާތަކަށް، މަންޒަރު ދުއް މީހުން މައުލޫމާތުދީފައިވެ އެވެ.
ގިނަ އަދަދެއްގެ އާންމުން އެތަނަށް ޖަމާވެފައިވާއިރު، ފުލުހުން ވަނީ އެސަރަހައްދުގައި ބެރިކޭޑް ޓޭޕު އަޅައި ބަންދުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ކައިލީ ބަނޑު ބޮޑު ކަަމަށް ބުނާ އަޑުތަކުގެ ހަގީގަތް!
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!
އެމްކިއުއޭއިން ކުރީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް: އެވިޑް ކޮލެޖު
