ޑެވޮލީނާ ބަޓަޗަރްޖީ އާއި ވިޝާލް ސިންގް އެންމެ ފަހުން އެންގޭޖުވެއްޖެ އެވެ.

ޑެވޮލީނާ އާއި ވިޝާލް އެކީގައި ފެނިގެން ގޮސްފައިވަނީ އިންޑިއާގެ ޓީވީ ސީރީޒްކަމަށްވާ "ސާތް ނިބާނާ ސާތިޔާ" އިންނެވެ.

އެ ސީރީޒް ވަނީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލުކަން ހޯދާފަ އެވެ. އެގޮތުން ސީރީޒްގައި މަސައްކަތް ކުރާ މި ދެ ފަންނާނުންނަކީ ވެސް އެ ޝޯގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ދެފަންނާނުންނެވެ. އެ ޝޯގައި ޑެވޮލީނާއަކީ ވިޝާލްގެ ފަހަރި އެވެ.

މި ދެ ފަންނާނުންގެ ލޯބީގެ ވާހަތައް މީގެ ކުރިން ވެސް ދެކެވިފައިވި ނަމަވެސް އެދެ މީހުންގެ ގުޅުމާ ގުޅިގެން ދެ ފަންނާނުން ވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

ނަމަވެސް ޑެވޮލީނާ މިއަދު ވަނީ އޭނާ އާއި ވިޝާލް އެންގޭޖުވެފައިވާކަން އާންމުންނަށް ކަށަވަރު ކޮށްދެއްވާފަ އެވެ. ޑެވޮލީނާ މިކަން ހާމަކުރީ އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުންނެވެ.

ދެފަންނާނުން ކުޅެފައިވާ ސްޓާ ޕްލަސްގެ "ސާތު ނިބާނާ ސާތިޔާ" އަކީ އިންޑިއާގެ އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ އެއް ސިލްސިލާ އެވެ. ހަތް އަހަރު ވަންދެން މެދުކެނޑުމެއްނެތި ދެއްކުމަށްފަހު ސިލްސިލާ ނިންމާލީ 23 ޖުލައި 2017 ގަ އެވެ.