މަޝްހޫރު ޕްރެޒެންޓާ އަދި އެކްޓަރު މަނީޝް ޕޯލް މުޅިން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ރާޖް މެހެތާ ޑައިރެކްޓުކޮށް، އިންޑިޔާގެ ޗަންދިގަރުގައި ނެގުމަށް ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު ފަހުކޮޅު އެެވެ.
ހަބަރުތައް ބުނާ ގޮތުގައި އަނިލް ކަޕޫރު އާއި ނީޓޫ ކަޕޫރު އާއި ވަރުން ދަވަން އަދި ކިއަރާ އަދްވާނީއާއެކު ފެނިގެންދާ މި ފިލްމުގައި މަނީޝްގެ މުހިންމު ރޯލެއް ހިމެނޭނެ އެވެ. އެގޮތުން އޭނާއާ އެންމެ ގުޅޭ ގޮތަށް މިކެރެކްޓާ އުފެއްދުމުގައި ލިޔުންތެރިން މަނީޝްގެ ހިޔާލު ހޯދާ މަޝްވަރާކުރި ކަމަށް ވެއެވެ.
މަނީޝްގެ މުހިންމު ދައުރެއް ފެންނާނެ މިރޯލާއި ބެހޭގޮތުން މިހާތަނަށް މާ ބޮޑު މައުލޫމާތެއް އާންމުކޮށްފައި ނުވި ނަމަވެސް މި ފިލްމުގައި އޭނާގެ މައިބަފައިންގެ ރޯލު ކުޅެނީ އަނިލް ކަޕޫރު އާއި ނީޓޫ ސިންގް ކަމަށް ހަބަރުތައް ބުނެ އެވެ.
މަނީޝް ޕޯލް މިހާތަަނަށް ކޮށްފައިވާ ބޮލީވުޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 2013ގެ މިކީ ވައިރަސް އާއި 2016ގެ ތޭރެ ބިއަލާދިން 2 އެވެ.
ޕްރިޔަންކާގެ އުފަން ދުވަހާ ދިމާކޮށް ނިކްގެ ލޯބި މެސެޖެއް!
ތިލަފުށީ ޕޯޓުގެ ކީ- ވޯލް ހެދުން ޗައިނާ ކުންފުންޏަކަށް
ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮޑްރީއަށް
