ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނުންގެ ތެރޭގައި އަދިތިޔާ ރޯއި ކަޕޫރުވެސް ހިމެނެ އެވެ.
އަދިތިޔާ އެންމެ ބޮޑަށް އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދައި މަޝްހޫރުވެގެން ދިޔައީ 'އާޝިކީ-2' ކުޅުމަށް ފަހުގަ އެވެ. އެހެންނަމަވެސް އިންޑިއާގެ ނޫސްތަކަށް މައުލޫމާތުދެމުން އޭނާ ބުނީ، އޭނާ އެންމެ ފަހުން ކުޅުނު 'މަލަންގް' ފިލްމަކީ އޭނާގެ ހަޔާތުގައި ވަރަށް ބޮޑު ރޯލެއް އަދާކުރި ފިލްމެއް ކަމަށެވެ.
އެގޮތުން އެފިލްމު ޝޫޓް ކުރަން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނުކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަދި އެއީ އޭނާ ކުޅުނު ފުރަތަމަ އެކަޝަން ފިލްމު ކަމަށްވުމުން ގިނަ ކަންކަން އަލަށް ދަސްކުރަން ޖެހުނުކަމަށް އޭނާ ބުނެފައިވެ އެވެ.
އަދިތިޔާގެ ހަށިގަނޑަށް އައި އެބަދަލު ފެނުމުން އާންމުންނަށްވެސް ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައިވެ އެވެ.
އޭނާ އެންމެ ފަހުން ކުޅުނު ފިލްމް މަލަންގް އަކީ ލޯތްބާއި ބަދަލު ހިފުމުގެ ވާހަކައަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
2020 ވަނަ އަހަރު ނެރުނު މި ފިލްމުގައި ދިޝާ ޕަޓާނީ އާއި އަދިތިޔާއާ ފަނީ ތަފާތު ހުނަރެއް ބެލުންތެރިންނަށް ދައްކާފަ އެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދަވައިފި
ޑިފެންސް މިނިސްޓަރު ކަމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި
ކޮއްކޮމެންނާ ގުޅުން ބަދަހިވީ ބައްޕަގެ މަރަށްފަހު: ބޮބީ
