ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް، އެ ދެމަފިރިންނަށް ފުރަތަމަ ދަރުފުޅު ލިބުނު ފަހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ނިކް އޭނާގެ އިންސްޓަގްރާމްގައި ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އެވީޑިއޯގައި އޭނާ އާންމުންނާއި މުހާތަބުކޮށް، "ބާއްޖަވެރި ދުވަހަކަށް ހެދުމަށް" ބުނެފައިވެ އެވެ.

https://www.instagram.com/p/CZw_337pXDX/

އޭގެ އިތުރުން ޕްރިޔަންކާ ވެސް ވަނީ މީގެ ކުރިން މިރޯ ސެލްފީއެއް ނަގައި އާންމުންނާ ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި އޭނާއަށް އަލި އެޅޭ ގޮތް ކަމުދާ ކަމަށް އޭނާ ބުނެފައިވެ އެވެ. މިއީ އެދެ ފަންނާނުންނަށް ދަރިއަކު ލިބުނު ފަހުން ދެ ފަންނާނުން ވެސް މީޑިއާއަށް ފޮޓޯ އާންމުކުރި ފުރަތަމަ ފަހަރެވެ.

https://www.instagram.com/p/CZfPO9pvXoD/

ޕްރިޔަންކާ އާއި ނިކް އަށް ދަރިއަކު ލިބުނުކަން އާންމުންނަށް ހިއްސާކޮށް ކަށަވަރުކޮށްދީފައި ވަނީ އެ ދެފަންނާނުންގެ އިންސްޓަގްރާމުންނެވެ. ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާ ކަމަށާއި، މިދަނޑިވަޅުގައި މީޑިއާތަކުގެ އެއްބާރުލުމަށް އެދެފަންނާނުން ވަނީ އެދިފަ އެވެ. އެ ދެފަންނާނުންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށް މީޑިއާތަކުން މައުލޫމާތުދެ އެވެ.