ރާއްޖޭގެ ފަތުރުވެރިކަމަކީ މިހާރު ހުރިހާ މޫސުމަކަށްވެސް ހުޅުވާލެވިފައިވާ މަންޒިލެއް ކަމަށް ކްރައުން ކުންފުނީގެ ޗެއާމަން އަދި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރި ބާނީންގެ ތެރޭގައި ހިމެނޭ ޗަމްޕާ ހުސެއިން އަފީފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ބޭއްވި "ޓޫރިޒަމް އަޕްބީޓް- ޕައިނިއާސް ޓޯކް"ގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ރާއްޖޭފެ ފަތުރުވެރި ކަމުގެ ހައި ސީޒަނާއި ލޯ ސީޒަން މިހާރު މާޒީއާއެކު ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖެއަކީ ހުރިހާ މޫސުމަކަށްވެސް ފަތުރުވެރިންނަށް ފަހި މަންޒިލެއް ކަމަށްވެސް އަފީފު ވިދާޅުވި އެވެ.
އަފީފް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި ގައުމުގެ އަމާންކަމާއި ހަމަޖެހުން ވަރަށް މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކޮށްފައެވެ. އަދި ހަމައެއާއެކު ސަރަހައްދީ ރައްކާތެރިކަންވެސް މުހިއްމުކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
އަފީފު ވިދާޅުވީ ފަތުރުވެރިކަން ފެށިގެން އައިރު މިދާއިރާ މިހާ ކުރިއަރައިގެންދާނެ ކަމަށް ވިސްނިފައިނެތް ކަމަށެވެ. އެހެން ނަމަވެސް މިހާރު ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލެއް ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމް އަޕްބީޓް-ފައިނިއާސްޓޯކް"އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުފުރުން ފާހަގަކުރުމަށް މުޅި އަހަރުތެރެއަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ އެއް ހަރަކާތެވެ.
ޓޫރިޒަމް ފެށި 1972 ގައި 1000 ޓޫރިސްޓުން އައިއިރު، މިހާރު ރާއްޖެ އަށް ދެ މިލިއަނާ ގާތަށް ޓޫރިސްޓުން އަންނަނީ ޒިޔާރަތް ކުރަމުންނެވެ.
 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					