ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސަލްމާން ޚާން އާއި ސޮނާކްޝީ ސިންހާ ސިއްރުން ކައިވެނިކުރި ކަމަށް ފެތުރުނު ހަބަރުތަކަށް ސޮނާކްޝީ ރައްދު ދީފި އެވެ.
މީގެ ދުވަސްތަކެއް ކުރިން އިންޑިއާގެ ގިނަ ނޫސްތަކުން ސަލްމާނާއި ސޮނާކްޝީ ސިއްރުން ކައިވެނިކޮށްފި ކަމަށް ބުނާ ހަބަރުތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
އޭގެ އިތުރުން ސަލްމާނާއި ސޮނާކްޝީ ކައިވެނިކޮށްފި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ފޮޓޯތަކަކީ ފޮޓޯޝޮޕް ކޮށްފައިވާ ފޮޓޯތަކެއްކަން ވަނީ ފަޅާއަރާފަ އެވެ.
އޭރު ކައިވެންޏާ ގުޅިގެން ދެކެވުނު ވާހަކަތައް އެދެ ފަންނާނުން ވެސް ދޮގުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ހަބަރުތަކަކީ ތެދު ހަބަރެއް ކަމަށް ވެސް ސަލްމާނާއި ސޮނާކްޝީ ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
އެހެންނަމަވެސް ދުވަސްތަކަަކަށް ފަހު އެކަމާއި ގުޅިގެން ސޮނާކްޝީ ރައްދުދީފައިވާއިރު، އޭނާ ވަނީ އަސްލު ފޮޓޯއަކާއި ފޭކު ފޮޓޯއެއް ދެނެގަތުމުގައި ގިނަ ބަޔަކަށް އޮޅުން އެރީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އަދި އެކަން ފާހަގަކޮށް އޭނާ ވަނީ ހިނިއައިސްފައިވާ އިމޯޖީތަކެއް ވެސް ލާފަ އެވެ.
މި ހަބަރަކީ ތެދު ހަބަރެއް ނޫންކަން މިހާރު ގިނަބަޔަކަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް ސޮނާކްޝީ އާއި ސަލްމާނާއި މެދުގައި ހާއްސަ ގުޅުމަށް ވާކަމަށް ދެފަންނާނުންވެސް ވަނީ ބުނެފަ އެވެ.
ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ކެޓްރީނާ ކެއިފްގެ ކައިވެންޏަށްފަހު ގިނަ ބަޔަކު ދަނީ ސަލްމާނަށް ފާޑުކިޔަމުންނެވެ. އެހެންނަމަވެސް އެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު އޭނާ ވަނީ ދާދި ފަހުން ބިގް ބޮސްގެ ގްރޭންޑް ފިނާލޭގެ ޝޯގައި ކެޓްރީނާ އަށާއި، ވިކީ އަށް ކައިވެނީގެ މަރުހަބާ ކިޔާފަ އެވެ.
 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
			ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					