މާލެއިން ޓެކްސީ ދަތުރެއް ނެގި ޒުވާން އަންހެނަކަށް ޖިންސީ ގޯނާ ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މާލެއިން ޓެކްސީއަކަށް އެރި އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ ރޭ 12:50 ގައި ކަމަށެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު އަންހެން ކުއްޖާއަކީ އުމުރުން 20 އަހަރުގެ ކުއްޖެކެވެ. މި މައްސަލައާ ގުޅިގެން އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
އެ އަންހެން މީހާ މަގުމަތިން ޓެކްސީއެއް ނެގީ ހެންވޭރު މާފަންނަށް ދިއުމަށް ކަމަށްވެ އެވެ.
އެހެންނަމަވެސް ޓެކްސީއަށް އެރުމުން، ޓެކްސީގެ ދޮރުތައް ތަޅުލައި، ގަދަކަމުން ހުޅުމާލެއަށް ގެންދިޔަ ކަމަށާއި، ޖިންސީ ގޯނާކުރީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންދިއުމަށްފަހު ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައިވެ އެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުންނެވެ.
"އަދަދު"ގެ ސީއީއޯ ފިޔާޒް ފުރުން މަނާކޮށް، ތަކެތި އަތުލަނީ
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި
ޕީއެންއެފްގެ މުޒާހަރާތައް ލައިވްކުރުން ހުއްޓާލަން އަންގައިފި
