"އާޝިގް ބަނާޔާ" އަޕްނޭ އާއި "ޑޯލް" ފަދަ ފިލްމުތަކުން ފެނިގެން ދިިޔަ ތަނުޝްރީ ދައްތާ އެނބުރި ބޮޑު ސްކްރީނަށް އަންނަން އުޅޭ ކަން ހާމަކޮށްފި އެވެ.
މީގެ ދެ އަހަރު ކުރިން، 2018 ވަނަ ތަނުޝްރީ ދައްތާ ވަނީ އޭނާގެ ފިލްމު "ހޯން އޯކޭ ޕްލީޒް" ގައި ނާނާ ޕާޓޭކަރުގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނެފަ އެވެ. އެއާއި އެކު އިންޑިއާގައި ވެސް "#މީޓޫ" މޫވްމެންޓް ފެށިގެން ދިޔަ އެވެ. އޭގެ ދެތިން މަސް ފަހުން އޭނާ ވަނީ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
އެނބުރި އަންނަން އުޅޭކަން ހާމަކޮށް އޭނާގެ އިންސްޓަގްރާމްގައި ހާމަކުރި ދިގު ޕޯސްޓެއްގައި ވާގޮތުން އޭނާއަށް މި ދާއިރާގެ "މަގު އޮޅިގެން" ދިޔައީ "ވަރަށް ވަރަށް ނުބައި އިންސާނުންތަކެއްގެ ސަބަބުން" ނެވެ.
"ބައެއް ހަބަރުތައް ބުނާގޮތުން އަހަރެން އެމެރިކާގައި ހުރެގެން އައިޓީ ވަޒީފާއެއް އަދާކުރަނީ. އެކަމަކު އަހަރެން ދިޔައީ އައީޓީއިން ޓްރެއިން ވަމުން އަދި އެމެއިކާ ސަރުކާރުގެ ޑިފެންސް ސެކްޓަރުގައި މަސައްކަތް ކުރުމުގެ ފުރުސަތު އަހަރެންނަށް ލިބުނު. ވަރަށް ރަނގަޅު ފުރުސަތެއް ނަމަވެސް އަހަރެން އެފުރުސަތު ދޫކޮށްލީ އަނެއްކާވެސް ކުރީގެ ކެރިއަރު ފޮލޯކުރުމަށް،" ތަނުޝްރީ ލިޔެފައިވެ އެވެ.
"އަހަރެން މިހާރު މިދަނީ ސައުތު ފިލްމުތަކުގެ ތިން ބޮޑު މެނޭޖަރުންނާ ވާހަކަދައްކަމުން. އެމީހުން ވަނީ އަހަރެންނަށް ބޮޑު ބަޖެޓުގެ ސައުތު ފިލްމުތަކާއި މުމްބާއީގައި 12 ކާސްޓިން އޮފީސް ހޯދުމަށް މަސައްކަތްކޮށްދެމުން." ތަނުޝްރީ އިތުރަށް ލިޔެފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުން އެނބުރި އައުމަށްޓަކައި އޭނާ ވަނީ 15 ކިލޯ ހިއްކާލާފަ އެވެ.