އަހަރެންގެ ހިތަށް އަރަނީ މާލޭގެ މީހުން ހިތް ފުރެންދެން އެއްވެސް ސަރުކާރަކަށް ދުވަހަކު ވެސް ހިލޭ ގޯތި ބަހައިދެވޭނެ ހެއްޔެވެ؟ އަދި މިއީ ދުނިޔޭގެ ކޮން ގައުމެއްގެ ވެރިރަށުގައި އޮންނަ އުސޫލެއް ހެއްޔެވެ؟ މާލޭގެ ރައްޔިތަކަށް ވީތީ ވިޔަފާރިކޮށްގެން ބޮޑު އާމްދަނީ ހޯދަން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ހިއްކާފައިވާ އެންމެ އަގު ބޮޑު ބިމުން ހިލޭ ގޯތި ދެނީ އިންސާފުގެ ކޮން ހަމަޔަކުން ހެއްޔެވެ؟
އަޅުގަނޑު ވެސް އެއްބަހެވެ؛ ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ އެންމެ ބޮޑީ މާލޭގަ އެވެ. އޭގެ ސަބަބުތައް ވަރަށް ގިނަ އެވެ. މި މައްސަލައަކީ މުޅި ދުނިޔޭގެ ކޮންމެ ވެރިރަށަކަށް ވެސް ދިމާވެފައިވާ މައްސަލައެކެވެ.
ދުނިޔޭގެ ބިމުގެ އަގު އެންމެ ބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭ ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އާއި އިނގިރޭސިވިލާތުގެ ލަންޑަން، ފްރާންސްގެ ޕެރިސް، އެމެރިކާގެ ނިއުޔޯކް، ހޮންކޮންގް، ސިންގަޕޫރު އަދި މެލޭޝިއާގެ ކުއަލަލަމްޕޫރު ފަދަ ސިޓީތަކުން ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހިލޭ ގޯތި ބަހާ ކަމެއް ނުދެނެ ހުރީމެވެ. އެއިން ކޮންމެ ސިޓީއެއްގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަނީ ގެދޮރު ނެތް ތަނަވަސްކަން ކުޑަ އާއިލާތަކަށް ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓް ދީގެންނެވެ. އެއްގޮތަކަށް ވެސް ހިލޭ ގޯތި ބަހައިގެނެއް ނޫނެވެ. އެއީ ނިސްބަތުން މާލެ ސަރަހަައްދަށް ވުރެ ބިމުގެ ޖާގައިގެ ގޮތުން އެތައް ގުނައެއް ބޮޑު ސިޓީތަކެއް ނަމަވެސް ހިލޭ ގޯތި ބަހައެއް ނޫޅެ އެވެ.
މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަކީ ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. އެހެނީ މާލެއަކީ ވަކި ބައެއްގެ ބިމަކަށް ނުވެފައި، ވެރި ރަށޭ ކިޔަސް މާލެއަކީ ދިވެހި ހުރިހާ ރައްޔިތުންގެ ރަށަކަށްވީމަ އެވެ. އެ ރަށުގެ ބިން ރަސްކަމުގެ ދައުރުން ފެށިގެން ރައީސް މުހައްމަދު ނަޝީދުގެ ދައުރާ ހަމަޔަށް ވެސް މާލޭ މީހުންނަށް ހިލޭ ގޯތި ދިނެވެ. އެއީ ވަރަށް ބޭއިންސާފުން ހިންގާފައިވާ އަމަލެކެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް މާލޭގެ މީހުންނަށް ހުޅުމާލެއިން 200 ގޯތި ވަނީ ހިލޭ ދީފަ އެވެ. އަނެއްކާ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ މާލޭގެ ރައްޔިތުންނަށް ހިލޭ 1،000 ގޯތި ހިލޭ ބަހާލަން ނިންމައިފަ އެވެ. މާލޭގެ މީހުން ހިތް ރުއްސުމަށެވެ.
އަޅުގަނޑު ހިތަށް އަރަ އެވެ؛ މާލޭގެ މީހުން ހިތް ފުރެންދެން ގޯތި ބަހައިދެވޭނީ ކޮންއިރަކުންތޯ އެވެ؟ މިކަން ދުވަހަކު ވެސް ކޮޅުންލާނެތޯ އެވެ؟ ހަމަ މާލޭ މީހުން ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ބޮޑާހޭކީމަ ވެރިކަމަށް އަރައި އަނެއްކާ ވެސް ހުޅުމާލޭގައި ހުހަށް އޮތް ބިންކޮޅެއް ބަހާލަންވީ ހެއްޔެވެ؟
ދިވެހި ހުރިހާ ރައްޔިތުންގެ ނަމުގައި އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ހިއްކައިގެން ތަރައްގީކުރާ ރަށް މާލެ ސަރަހައްދުގައި އޮތުމުން މާލޭގެ ރައްވެސަކަށްވާ ކޮންމެ މީހަކަށް ހިލޭ ގޯތި ދޭކަށް ނުޖެހެ އެވެ. އެ މީހުންނަށް ވެސް ޖެހޭނީ އެހެން މީހުންނެކޭ އެއް އުސޫލުން ބިމުގެ ހަމަ އަގުގައި ގޯތި ވިއްކާށެވެ.
މާލޭ މީހަކަށް ވީތީ ހިލޭ ގޯތި ދިނުން އިޖުތިމާއީ އާދަލަތުގެ އެއްވެސް ހަމަޔަކަށް ނުފެތެ އެވެ. ރާއްޖޭގެ ބިން ބޮޑު އެއްވެސް ރަށަކުން މިހާރު ގޯތި ނުދެ އެވެ. މީގެ ކުރިން ވެސް ހދ. ހަނިމާދު އާއި ޅ. މާފިލާފުށި އަދި ލ. ގަމާއި ސ. ހިތަދޫން ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ވެސް މާލޭގެ އެތައް ބަޔަކަށް ބޮޑެތި ހިލޭ ބަހާފައިވެ އެވެ. އެެއިން ތަނެއްގައި ގަލެއް ވެސް ބާއްވާފައި ވަނީ ހައެއްކަ މީހެކެވެ. ގިނަ ގޯތިތައް ހުރީ ފަޅަށެވެ. އެއިން ތަނެެއް އެ ރަށެއްގެ މީހަކަށް ވެސް ނުލިބެ އެވެ.
އެޗްޑީސީން އެންމެ ފަހުން ހުޅުމާލެއިން 60 ބިން ވިއްކިއިރު އަކަފޫޓެއްގެ އަގު އުޅެނީ 6،000ރ. އަށް ވުރެ މަތިންނެވެ. ގިނަ ގޯތިތައް ގަންނަން ހުށަހަޅާފައިވާ އަގު ދިހަ މިލިއަނަށް ވުރެ ބޮޑެވެ. މާލޭގެ މީހުންނަށް ހިލޭ 1،000 ގޯތި ދިނުމުން އެޗްޑީސީއަށް ދިހަ ބިލިއަން ވުރެ ގިނަ ރުފިޔާގެ އާމްދަނީ ގެއްލޭނެ އެވެ.
މިފަދަ އަގު ބޮޑު ބިމަކުން މާލޭގެ އެންމެ 1،000 މީހަކަށް ހިލޭ ގޯތި ދޭއިރު ބިން ނުލިބި ބާކީ ތިބި މާލޭގެ ރައްޔިތުން ހިތް ފުރޭނެތޯ ވެސް ސުވާލު އުފެދެ އެވެ. އަދި މާލޭގެ ރައްޔިތުން ހިތް ފުރޭނީ ކިހާ ވަރަކަށް ހިލޭ ގޯތި ބަހައިގެންތޯ ވެސް ހިތާހިތާ ސުވާލުކުރެވެ އެވެ. މާލޭގެ ރައްޔިތުން ހިތް ފުރެންދެން ހިލޭ ގޯތި ބަހައިދެވޭނީ ކޮން ސަރުކާރަކަށް ހެއްޔެވެ؟
މާލޭ މީހުން ނުވަތަ މާލޭގެ ރަށްވެހިންނަށް ވެގެން އުޅޭ މީހުން ހިތަށް އަރަނީ ހުޅުމާލެއަކީ ހަމައެކަނި އެ މީހުންނަށް ބިން ލިބެން ޖެހޭ ގޮތަށް އޮންނަންވާނެ ތަނެކެވެ. އެތަނުން އެންމެ އަކަފޫޓެއް އެހެން ރަށެއްގެ ބަޔަކަށް ލިބިގެނެއް ނުވެ އެވެ. އެހެން ރަށެއްގެ މީހެއް ނަމަ ޖެހޭނީ ބީލަމުގެ އުސޫލުން ވިއްކާ އަގެއްގައި ގަންނާށެވެ. ނަމަވެސް އެ ފުރުސަތު ވެސް މިހާރު ވަނީ ބަންދުވެފަ އެވެ.
މާލޭ މީހުން ބޮޑާހާކަން ފެށުމުން އެންމެ ފަހުން ސަރުކާރަށް މަޖުބޫރުވީ ހުޅުމާލޭގައި ވިނަރެސްގެ ނަމުގައި ހަދަން ފެށި އެޕާޓްމަންޓްތައް ވެސް ހަމައެކަނި މާލޭ މީހުންނަށް ވިއްކާށެވެ. ނުވިތާކަށް އެންމެ ފަހުން ވިއްކި ބިންތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ވެސް ދިނީ މާލޭ މީހުންނަށެވެ. އަދި މިހާރު 1،000 ގޯތި ހިލޭ ދެނީ ވެސް ހަމައެކަނި މާލޭ މީހުންނަށެވެ.
މާލޭ މީހުން ގޯތި ނުދީގެން ސަރުކާރުގައި ޝަކުވާކުރަނީ އެންމެ ބޭނުމެއްގަ އެވެ. އެ ގޯތިތައް ބުރިބުރިއަށް ހަދައިގެން ބޮޑު އާމްދަނީ ހޯދުމުގެ ނިޔަތުގަ އެވެ. އެނޫން އެއްވެސް މަގުސަދެއް އޮވެގެނެއް ނޫނެވެ.
މުޅި ހުރިހާ ދިވެހި ރައްޔިތުން ހިމެނޭހެން ލޯނު ނަގައިގެން ހިއްކާފައިވާ ރަށުން މާލޭގެ މީހުންގެ އެކަނި ޖީބު ބޮޑުކުރަން ގޯތި ހިލޭ ބަހާކަށް ނުޖެހެ އެވެ. ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ހުޅުމާލެއިން ހިލޭ ގޯތި ބަހާށެވެ. ހުޅުމާލޭގެ ބިމަކީ ވަކި ރަށެއްގެ ބައެއްގެ ބިމެއް ނޫނެވެ. ވޯޓު ހޯދަން ވީމަ ހުރިހާ ރަށެއްގެ ރައްޔިތުންގެ ވޯޓު ވެސް ގުނާނެކަން ހަނދާން ބަހައްޓާށެވެ. މާލޭގެ މީހުން މެޖޯރިޓީ ލިބިގެން އެކަނި ވެރިކަމެއް ނުލިބޭނެ އެވެ. އެހެން ހީކުރުމަކީ މޮޔަ ވިސްނުމެކެވެ.
ޢާން ޖެހޭ ހަމަ ދޭން. މަމީ މަލޭ މީހެއް. މި ގޭގައި 50 އަށް ވުރެ ގިނަ މިހުން އާއިލާގައި ހުރޭ. 13 ދަރިންނާއި 39 މާމަ ކިޔާ ކުދިން އަދި 8 މުނި މާމަ ދަރިން އެންމެ މީހަކަށްވެސް ފްލެޓް ގަޑެއްވެސް ނުލިބޭ ދާނެ އެހެން ތަނެއް ނެތް، ގޯތި ލިބުމަކީ އަަރެމެންގެ ހައްޤެއް ލިބެން ޖެހޭ ހަމަ. ޙިސާބު ގަނޑު އެހެން ގޭގެވެސް އެ ހާލުގައި، ލިޔުނު މީހައަށް ދައުވަތު ދެން އައިއްސަ މި ހިސާުބު މީހުންގެ ދިރިއުޅުމުގެ ހާލަތު އަމިއްލައަށް ބަލާ ދިރާސާ ކުރަން. ތާކުންތާކު ނުޖެހޭ އާރޓިކަލް ނުލިޔެ
އަހަންނަކީ ޖަމީލުގެ ރައްޓެއްސެއް. އެކަމަކު އޭނަ އަށް ކުޑަކޮށްވެސް ތާއީދު ކުރާ މީހެއްނޫން. ސަބަބަކީ އޭނަގެ މިޒާޖު. އެކަމަކު އިންސާފަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ބުނާނީ މަތީގައިވާ ލިއުމަކީ ވަރަށް އިންސާފުވެރި ފުރިހަމަ ލިއުމެކޭ. އަހަންނަކީ ރާއްޖެތެރޭ މީހެއް. އެކަމަކު މާލެ އަށް އުފަން މިހާރު 50 އަހަރުވެފައިވާ މާލޭގައި ގެދޮރު ހުރި މީހެއް. ގޯތި ބަހާލީމަ 300 އަކަފޫޓު ވެސް ނުޖެހޭ. ގްޜޭޓާ މާލެ ސަރަހައްދުން ހިލޭ ގޯތި ބެހުމަކީ ވަރަށް ބޮޑު ޖަރީމާއެއް. ހަމައެކަނި މާލޭ ރައްޔިތުންގެ ލާޜި އަކުން ނޫން ހުޅ
މި ލިޔުމަކީ ފިތުނަ އުފައްދަން ލިޔެފަ އޮތް ލިޔުމެއް. އަޅެ މާލޭ މީހަކަށް ވުމަކީ ފާފައެއްތަ އަހަރުމެންނަށް އަމާޒުކޮށް ކިޔާ އެއްޗެއް ތި ކިޔަނީ؟ މީހުންނަށް ހީވަނީ އަހަރުމެން މާލެއަށް ނިސްބަތްވާތީ ވަރަށް އަރާމުގައޭ މިއުޅެނީ. މަ ނުބުނަން ހިލޭ ގޯތި ބަހާށެކޭ. އެކަމަކު އެހެން ރަށްރަށުގެ މީހުންނަށް އޮންނަ ފުރުސަތު މާލޭ މީހުންނަށް ވެސް އޮންނަންވާނެ. ހާލުގަ އުޅެނީ ހަމައެކަނި އެހެން ރަށްރަށުގެ މީހުންނެއް ނޫން. ވަރަށް ސަލާމް.
ހަގީގަތަކީ ކޮންމެ ސަރުކާރަކުން ވެސް މާލޭ މީހުން ބޭނުން ކުރަނީ ސިޔާސީ ފައިދާއަށް ކަން. މާލޭ މީހުންނަށް ގޯތި ދޭށޭ ކިޔާފަ ކޮންމެ ސަރުކާރަކުން ކެމްޕެއިން ޖެއްސީމަ ރާއްޖެތެރޭގެ މީހުންގެ ރުޅިވެރިކަން މި ލިބެނީ މާލޭ މީހުންނަށް. މާލެއަށް ނިސްބަތްވާ ކޮންމެ މީހަކު އުޅެނީ ފަސްތަރީގެ ހޮޓަލެއްގައެއް ނޫން. މި ރިޕޯޓު ލިޔުނު މީހާއަށް މާލޭގެ މެދު ފަންތީގެ އާއިލާއެއް ދިރިއުޅޭ ހާލު ފެެނުނުތަ؟ މާލެއަށް ނިސްބަތް ވިޔަސް ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް ނުލިބި ވެސް އެތައް ބަޔަކު އުޅޭ.
މާލޭމީހުންނޭ ކިޔާފައި ބޮޑެތި ލޯނުނަގައިގެން ހިއްކާ ހުޅުމާލެ އިން ހިލޭގޯތި ދޭކަށް ނުޖެހޭ ވަރަށް ވަރަށް ސާފް އިނގޭތޯ
ދޮންކަލޯ ހުޅުމާލެއިން ފުލެޓެއް ނުލިބުނީތަ މާލޭ މީހުންނަށް ތިވަރު ތިއަރުވާލަނީ؟ ހަހަހާ
މި ލިޔުން ލިޔެފަ މިއޮތީ ގައިމު ވެސް މާލޭ މީހުންނާ ޖެހިފަ ހުރި މީހެއް. މާލޭ މީހަކަށް ވުމަކީ އަހަރެންގެ ކުށެއް ނޫން. އަހަންނަކީ ވެސް މާލޭ މީހެއް، ތިޔަ 1000 ގޯއްޗަކާ ވެގެންނެއް ނޫޅެން. ހުޅުމާލެއަށް ދާން ވެސް އަހަރެން ފޫހިވޭ. އެހެންވީމަ މާލޭ މީހުންނޭ ކިޔައިގެން ތި ލިޔުން ލިޔުމަކީ ވަރަށް ނާތަހުޒީބު ކަމެއް. މި ލިޔުން ހަމަ ސުމެއް