އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރުގެ ކާމިޔާބީގެ ސިއްރަކީ މާޝަލް އާޓްސް ކަމަށް އޭނާ ބުނެފި އެވެ.

އަކްޝޭ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ގިނަ އަދަދެއްގެ އެކްޝަން ފިލްމު ތަކުގައި މަސައްކަތް ކޮށްފަ އެވެ.

Adv by Dhiraagu
Dhiraagu
Adv by Dhiraagu
Dhiraagu

އެގޮތުން އޭނާގެ ކިބައިން ފެންނަ މާޝަލް އާޓްސްގެ ހުނަރާއެކު އެކްޝަން ފިލްމުތަކުގައި އޭނާ ކުޅޭދޭ ރޯލުތައް ވަނީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފަ އެވެ. އަކްޝޭ އެންމެ ފުރަތަމަ މާޝަލް އާޓްސް ޕްރެކްޓިސް ކުރަން ފެށީ އޭނާގެ އުމުރުން އެންމެ ނުވަ އަހަރުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިންޑިއާގެ "އިންޑިއާޒް އަލްޓިމެޓް ވޮރިއާ" ޝޯގައި އަކްޝޭ، ހާއްސަ ފެނިލުމަކުން ފެނިލުމަށް ހަމަޖެހިފައިވާއިރު، އެ ޝޯއަކީ ވެސް މާޝަލް އާޓްސް އާއި ކޮމްބެޓް ސްކިލްސްއަށް އަމާޒުކޮށްގެން ބާއްވަމުންގެންދާ ޝޯ އެކެވެ.

އެ ޝޯގެ ޓީޒާއެއް އަކްޝޭގެ އިންސްޓަގްރާމުގައި އާންމުކޮށްފައިވާއިރު، އެ ޝޯގެ ބައިވެރިންނަށް އުނދަގޫ ޗެލެންޖުތަކެއް ހަވާލުކުރާނެ ކަމަށް ވެސް އަކްޝޭ ބުނެފައިވެ އެވެ.