އަންހެނުން ބަލިވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން އުމުރުން 81 އަހަރުގެ ސްޓެފަނޯ ބޮޒިނީ ބޭނުންވީ އަންހެނުން ކައިރީގައި މަޑުކުރުމަށެވެ. އެހެން ނަމަވެސް ހޮސަޕިޓަލުން އޭނާއަށް އެ ފުރުސަތު ނުދިމުން ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވި އެވެ.

ގާތުގައި ނެތް ނަމަވެސް އަތްއުރާލައިގެން ހުރުމުގެ ބަދަލުގައި އޭނާ ވަނީ އަންހެނުން ހިތްހަމަސައިދިނުމުގެ ގޮތުން މަގުމަތީގައި އޭނާގެ އެކޯޑިއަން ކުޅެފަ އެވެ.

Adv by Media Net
Media Net
Adv by Media Net
Media Net

އެވަގުތު ހޮސްޕިޓަލްގެ ދެވަނަ ފަންގިފިލާއިން އަންހެނުން އެ މަންޒަރު ބަލަން ހުއްޓެވެ. ހިތްތަކާ ކުޅެލި މި ވީޑިއޯ ވަނީ މީސް މީޑިއާގައި ވައިރަލްވެފަ އެވެ.

ސްޓެފަނޯގެ އަންހެނުން ކާލާ ސަޗީ 47، ވަނީ މި މަންޒަރު އޭނާ އެޑްމިޓްކޮށްފައި އޮތް ދެވަނަ ބުރީގެ ކުޑަދޮރަކުން ބަލައިފަ އެވެ. އިޓަލީގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ކާސަލް ސެން ޖިއޮވާނީ ހުންނަ ހޮސްޕިޓަލެއްގަ އެވެ.

އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލްއަކީ ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާދޭ ހޮސްޕިޓަލަށް ނުވި ނަމަވެސް މި ޕެންޑެމިކާ ގުޅިގެން ރައްކާތެރިކަމުުގެ ފިޔަވަޅެއްގެ ގޮތުން ބަލިމީހުންނަށް ޒިޔާރަތްކުރުން ވަނީ މަނާކޮށްފަ އެވެ.

މި ދެމީހުން ކައިވެނިކުރީ 1973 ގަ އެވެ.