އަލަތު ދަރިފުޅަށް ބަނޑުބޮޑު ބާރްތީ ސިންގަށް، އޭނާ ބަނޑުބޮޑުކަން ނުވެސް އެނގޭ ކަމަށް އޭނާ ބުނެފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން ބާރްތީ ބަނޑުބޮޑުކަމުގެ ހަބަރުދީފައިވާއިރު، ބާރްތީއާއި އޭނާގެ ފިރިމީހާ ހަރްޝް ލިންބާޗިޔާ، ފޭނުންނަށް މި ހަބަރު ދީފައިވަނީ ޔޫޓިއުބްގައި އެ މީހުންގެ ޗެނަލުން ޕޯސްޓުކުރި ވީޑިއޯއެއްގަ އެވެ.
އެ ވީޑިއޯގައި ބާރްތީ ފާހާނާއަށް ގޮސް ޕްރެގްނެންސީ ޓެސްޓު ހަދަންދާ މަންޒަރު ފެނެ އެވެ. ފޭނުންނަށް ހަބަރުދެމުން ބާރްތީ ވަނީ، އޭނާ ޕްރެގްނެންސީ ޓެސްޓް އޮން ކެމެރާގައި ރިކޯޑުކުރަނީ "ގޯލްޑެން މޯމެޓް" ނެގުމަށް ކަމަށް ބުނެފަ އެވެ.
އޭގެ އިތުރުން އޭނާ ބަނޑުބޮޑުކަން ދެމަސް ދުވަސް ވީއިރުވެސް އެނގިފައި ނުވާކަމަށް ބާރްތީ ވަނީ ބުނެފަ އެވެ.
ބާރްތީ ބުނާގޮތުގައި އޭނާއަށް ދެ މަސްވީއިރު ވެސް ބަނޑުބޮޑުކަން ނޭނގުނީ އޭނާ ފަލަވުމުގެ ސަބަބުންނެވެ. ނަމަވެސް ބާރްތީ އެންމެ ފަހުން އާންމުންނަށް ފެނިފައިވަނީ ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްފައި ހުއްޓަ އެވެ.
އޭނާގެ އެ ފެނިލުން ވެގެންގޮސްފައިވަނީ ގިނަ ބަޔަކު ސިއްސުވާލި ބަދަލަކަށެވެ.
މީހުން ހެއްވާލާ ބާރްތީ އާއި ހަރްޝްއަކީ އިންޑިއާގައި މީހުންގެ މަގުބޫލުކަން ލިބިފައިވާ ދެ މީހުންނެވެ. މި ދެ މިހުންނަށް ލިބުނު އުފާވެރިކަމާއެކު އެ މީހުންގެ ފޭނުން ވަނީ އެ ދެ މީހުންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
			ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
		 އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
			އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					