މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު، އައު ލޯބިވެރިއަކު ހޯދިކަމުގެ އިޝާރާތެއް ކޮށްފި އެވެ.

ރޭގެ ވަގުތެއްގައި އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ފޮޓޯއެއް އާންމުކޮށްފައިވާއިރު، މީރާއާއެކު އޭނާގެ "ލޯބިވެރިޔާ" ކަމަށް ބެލެވޭ ފިރިހެން މީހާ ވެސް ހުއްޓެވެ. އަދި ފޮޓޯގައި އެ ދެމީހުން ވެސް ފެނިފައިވަނީ އެކީގައި އުފަލުން ތިބި ތަނެވެ.

މީރާގެ އާ ލޯބިވެރިޔާއަކީ "ސްކައި ރޮކް ބޭންޑް" ގެ ގިޓަރިސްޓް މިރާހް އަލީ ކަމަށްވެ އެވެ.

"ސްކައި ރޮކް ބޭންޑް"ގެ މެމްބަރުންނާއެކު މީރާ އަދި މިރާހް (ކ) ފޮޓޯއަކަށް ހުއްޓިގެން.

މީރާއަކީ ދިވެހިންގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ހުނަރުވެރި ފަންނާނެކެވެ. އަދި މީރާ ވަނީ އޭނާގެ ރީތި "ރަން" އަޑުން ގިނަ ބައެއްގެ ލޯބި ހޯދައި، ރީތި ލަވަތަކެއް ވެސް ހުށަހަޅައިދީފަ އެވެ.

މީރާއާ އޭނާގެ ކުރީގެ ފިރިމީހާ، ފާލިހް އާދަމް ވަކިވި ހަބަރުތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެ ދެފަންނާނުން ވެސް ވަނީ ސޯޝަލް މީޑިއާގައި ދެ ފަންނާނުންގެ ލޯބިވެރިންގެ ފޮޓޯ އާންމުކޮށްފަ އެވެ.

"ސްކައި ރޮކް ބޭންޑް"ގެ ގިޓަރިސްޓް މިރާހް.

2017 ވަނަ އަހަރު މީރާ އާއި ފާލިހް ކައިވެނިކުރި ނަމަވެސް، އެ ދެފަންނާނުން ވަކިވާން ޖެހުނު ސަބަބެއް ނޭނގެ އެވެ.