މާލޭގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓުގެ ޚިދުމަތް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހެނދުނު 10:00 އިން 11:30 އަށް ހެންވޭރާއި، ގަލޮޅުގެ ކަށިމާހިނގުމާއި، ބުރުޒު މަގު ލޮނުޒިޔާރަތް މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
އޭގެ އިތުރުން މިއަދު މެންދުރު 13:00 އިން 15:00 އަށް މާފަންނުގެ އަލިވިލާމަގާއި، ޖަވާހިރުމަގު އަދި މިރިޔާސްމަގުގެ އިތުރުން، އުނިގަސްމަގާއި، މަޖީދީމަގުހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަނބުރާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
މުންޑޫގައި މީހަކު މަރާލި މީހާއަށް ހައިކޯޓުން ވެސް މަރުގެ އަދަބު
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
އަންހެނުން ދެކެ ވާ ލޯބިން "ތާޖް މަހަލް"އެއް ބިނާ ކޮށްދީފި
