ޖޯޖިއާ ސްޓޭޓުން ކުރި ހޯއްދަވައިގެން ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން 306 އިލެކްޓޯރަލް ވޯޓު ޔަގީންކުރައްވައިފި އެވެ.
ޖޯޖިއާ އަށް ނިސްބަތްވާ 16 އިލެކްޓޯރަލް ވޯޓަަކީ އިންތިހާބު ފެށުނީއްސުރެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރި އެއް ނަތީޖާ އެވެ. އަދި ޖޯ ބައިޑެން އާއި ރިޕަބްލިކް ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާ ދެމެދުގައި އޮތް ވާދަވެރިކަމާއި ވޯޓުގެ ފަރަގު ކުޑަކަމުން ވަނީ ދެވަނަ ފަރަހަށް މެނުއަލްކޮށް ވޯޓު ގުނަން ވެސް ނިންމާފަ އެވެ. އެހެން ނަމަވެސް މީގެ ސަބަބުން ވޯޓުގެ ނަތީޖާއަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.
މިއީ 1992 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް ޖޯޖިއާ ސްޓޭޓް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ޑޮނާލްޑް ޓްރަމްޕް މި އިންތިހާބުން ބަލިވެފައިވާ އިރު ލިބިވަޑައިގެންފައިވަނީ 132 އިލެކްޓޯރަލް ވޯޓެވެ. -ބީބީސީ
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
އިޒްރޭލް މީހުން ބުނަނީ ހަނގުރާމަ ކާމިޔާބު ކުރީ އީރާނުން ކަމަށް
