ޑައިޓް ކުރަންޏާ އޭގެ އަސަރު މީހާގެ ސިއްހަތަށް ކޮންމެ ވެސް އެއްގޮތަކުން ނުކޮށް ނުދާނެ އެވެ. ރަނގަޅަށް ބެލެންސް ކޮށްގެން ޑައިޓް ކުރާ އިރު އޭގެއިން ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިންތަކާއި މިނަރަލް އަދި ނިއުޓްރިއެންޓްސް ލިއްބައިދެ އެވެ. މީގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކުން ދުރުވެ އެވެ. އަދި ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް ވެސް މިއީ ކުރުން ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް މި ހުރިހާ ކަމެއް ކުރާ އިރުވެސް ނުހިކެނީ ހެއްޔެވެ؟

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ބަރުދަން ލުއިކުރުމަށް ޑައިޓް ކުރުމަކީ ކެއުން މަދުކޮށް، ކެލޮރީސް ކެވޭވަރު މަދުކޮށް ކަސްރަތު ކުރުމެވެ. އެހެން ނަމަވެސް ބަރުދަން ލުއިވާނީ ބައިވަރު ސަބަބުތަކާއެކުގަ އެވެ. އެގޮތުން ކަސްރަތުކުރާ ނަމަ ގަވައިދުން އެކަން ކުރުމާއި، ކެތްތެރިކަމާއި ބުރަ މަސައްކަތް ކުރުން ހިމެނެ އެވެ. މިއާއެކު ވެސް ބައެއް މީހުންނަށް ޖެނެޓިކްސް އާއި އެހެނިހެން ސަބަބުތަކާ ހެދި ބަރުދަން ލުއި ކުރުން އޮންނަނީ އުނދަގޫ ކަމަކަށްވެފަ އެވެ. މި ބަލާލަނީ އޭގެ ތެރެއިން ބައެއް ކަންކަމަށެވެ.

  1. ސިއްހަތަށް ފައިދާ ހުރި ކާބް އެކުލެވޭ ކާއެއްޗެހި ކެޔަސް ބަރުދަން އިތުރެއް ނުވާނެ އެވެ. އެހެން ނަމަވެސް މާގިނައިން ކާބް ހިމެނޭ ފޮނި އެއްޗެހި ކެއުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް ނޫނެވެ. އަދ ބަރުދަން ވެސް އިތުރުވާކަމެކެވެ.
  2. ކެވޭ އެއްޗެހި ނޯޓުކޮށްފައި ބެހެއްޓުމަކީ ރަނގަޅުކަމެކެވެ. ސަބަބަކީ ބައެއް ފަހަރު ކެވޭ ވަރެއް ނޭނގި މާގިނައިން ކެވޭތީ އެވެ. އޭގެ ސަބަބުން ބަރުދަން ލުއި ކުރުމަށް އުނދަގޫ ވެ އެވެ.
  3. ހަމަ ނިދި ނުލިބުން
  4. ގިނައިން ފެން ނުބޮވުން
  5. ކޫސަނި އެއްޗެއް ކާލަން ބޭނުންވާ ގަޑީގައި މޭވާ އެއް ކާލުމުން ބަރުދަން ލުއި ކުރުމަށް އެހީވެދޭނެ އެވެ.
  6. ރޭގަނޑު މާ ލަސްކޮށްފައި ކެއުން: ޜޭގަނޑު ކާން ވާނީ ވީހާވެސް ލުއިކޮށެވެ. އަދި ކާއިރު ނިދާ ގަޑިއާ މާ ކައިރިކޮށްފައި ކެއުމަކީ ރަނގަޅުކަމެއް ނޫނެވެ.

ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ މީހުން މަތީގައި މި ބުނެވުނު ކަންތަކާއި މެދު ވިސްނާލުން މުހިއްމެވެ.