ބޮލީވުޑްގެ މަޝްހޫރުކަން ހޯދާފައިވާ ރާކީ ސާވަންތު ދަތުރެއް ކުރުމަށް މަތިންދާ ބޯޓަށް އަރައި، ބޯޓު ދުއްވަން އެދިއްޖެ އެވެ.

ޝޯޝަލްމީޑިއާގައި ދައުރުވެފައިވާ ވީޑިއޯއެއްގައި ރާކީ މަތިންދާ ބޯޓެއްގައި ބަޔަކާއި އެކު ދަތުރެއް ކުރަން އަރައި ހުންނަ މަންޒަރު ފެންނައިރު، އޭނާ އެ ބޯޓު ދުއްވަން ބޭނުންވާ ކަމަށް ބުނެ ދަތުރުވެރިން ގާތު އެވާހަކަ ބުނާ މަންޒަރު ފެނެ އެވެ.

ރާކީ ބޭނުންވަނީ ޕައިލެޓަކަށް ވާން ކަމަށާއި، އޭނާ އެ ބޯޓު ދުއްވުމާއި އެއްވެސް މީހަކު ދެކޮޅުތޯ އޭނާ އެހި އެވެ. ނަމަވެސް ރައްދުގައި ހުރިހާ ދަތުރުވެރިން ވެސް ބުނީ ނޫނެކެވެ.

https://www.instagram.com/p/Cbo3JTsgdOF/

ރާކީ އާންމުންނާއި މުހާތަބުކޮށް ވާހަކަ ދައްކާ ވީޑިއޯތައް ދޭތެރެއިން އާންމުވެ، މީހުންގެ ސަމާލުކަން ހޯދަ އެވެ.

އެސަބަބާއި ގުޅިގެން ގިނަ ބަޔަކު އޭނާ އަށް "ޑްރާމާ ކުއީން" ގެ ނަމުންވެސް ގޮވަ އެވެ. ހަމައެހެންމެ ރާކީ އަކީ ހިތް ތިރި މިޒާޖެއްގެ މީހެއް ކަމަށްވެސް ގިނަ ބަޔަކު ސިފަ ކުރެ އެވެ.

މީގެ ކުރިން ރާކީ މަޝްހޫރުކަން ހޯދާފައި ވަނީ ބޮލީވުޑްގައި ރީތި ނެށުންތަކެއް ހުށަހެޅުމުންނެވެ. އަދި އޭރު އޭނާގެ ރީތިކަމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.