ފަހަކަށް އައިސް ބޮލީވުޑް ސިނަމާތަކުގައި ޖާގަ ހޯދަމުން ގެންދާ ޖާންވީ ކަޕޫރް އެންމެ ވައްތަރީ އެމެރިކާގެ ރިއަލިޓީ ތަރި ކިމް ކާޑޭޝިއަންއާ ކަމަށް ފޭނުން ބުނެފި އެވެ.

ދާދި ފަހުން ޖާންވީ ވަނީ ރިހި ހެދުމެއްގައި އާންމުންނަށް ގްރޭޒިއާ މިލެނިއަން އެވޯޑްސް 2022 އިން ފެނިފަ އެވެ.

ޖާންވީގެ އެ ފެނިލުމާއި އެކު އާންމުން ބުނީ އޭނާގެ މޭކަޕުންނާއި، ހަށިގަނޑުގެ ބައްޓަން އެންމެ ވައްތަރީ ކިމްއާ ކަަމަށެވެ.

https://www.instagram.com/p/CbzX1Glurc4/

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޖާންވީ ލޯބިކުރާކަން ސޯޝަލް މީޑިއާގައި އޭނާ ބުނެފައިވާއިރު، އޭނާގެ ހަށިގަނޑުގެ ބައްޓަމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.

ފޭނުން ޖާންވީގެ ހަށިގަނޑުގެ ބައްޓަން ސިފަ ކުރަނީ "އަވާ ގްލާސް" ފިގާއެއްގެ ގޮތުގަ އެވެ.

އޭގެ އިތުރުން އާންމުން ވަނީ ހެދުން އެޅުމުގައި ޖާންވީގެ ވައްޓަފާޅި ހުންނަ ގޮތަށްވެސް ތައުރީފުކޮށްފަ އެވެ. އަދި ޖާންވީ ދަނީ އިންޑަސްޓްރީގައި އޭނާގެ މަންމަގެ ރޯލު އަދާކުރަމުން ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ފިލްމުގެ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ޖާންވީ ފެނިގެންދާނީ، "ބޮމްބޭ ގާލް" އިންނެވެ. އަދި ރާޖްކުމާރް ރާއޮ އާއެކީ "މިސްޓާ އެންޑް މިސްސް މާހީ" އިންވެސް ޖާންވީ ފެނިގެންދާނެ އެވެ.