ގިނަ ބަޔަލު ލޯބިކުރާ ސައުތު އިންޑިއަން ފިލްމް އިންޑަސްޓްރީގެ އެކްޓަރު ޕްރަބާސް ކުއްލި ގޮތަކަށް ފަލަވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސައުތުގެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޕްރަބާސް ކުއްލި ގޮތަކަށް ފެނިފައިވަނީ ރާދޭ ފިލްމު ޕްރޮމޯޓްކުރާ އިވެންޓަކުންނެވެ.

ފިލްމުގެ ޕްރޮމޯޝަންތަކުން، ބަރުދަން އިތުރުކޮށްފައިވާ މަންޒަރު ފެނި ގިނަ ބަޔަކު ވަނީ، އޭނާ ފިލްމު ކުޅުނު އިރުވެސް ފަލަކަމަށް ލަފާކޮށްފަ އެވެ. އަދި އޭނާ ކުޅުނު ފިލްމުގައި ސީޖީއައި ބޭނުންކޮށްގެން ހިކިކަމަށް ދައްކާގޮތަށް ހަދާފައިވާ ކަމަށް ވެސް ފޭނުން ތުހުމަތުކޮށްފައިވެ އެވެ.

ޕްރަބާސްގެ ކަކުލުގެ މައްސަލައެއް ހުންނަކަން ފާހަގަކޮށް އެއްބަޔަކު ވަނީ، އޭނާ ސިއްހީ ސަބަބުތަކާ ގުޅިގެން ބަރުދަން އިތުރުވާކަމަށް ބުނެފަ އެވެ. ކޮންމެއަކަސް ގިނަ ބަޔަކަށް ޕްރަބާސްގެ ތަފާތު ފެނިލުން ވަނީ ވަރަށް ބޮޑަށް ސިހުން ގެނުވާފަ އެވެ.

ޕްރަބާސްއަކީ ސައުތުގެ އެކްޓަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ އެކްޓަރެކެވެ. އޭނާ ވަނީ ފިލްމު "ބާހޫބަލީ" ކުޅުމަށްޓަކައި ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.