ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އޭނާގެ އުފަންދުވަސް ފާހަގަކޮށްފި އެވެ. އެހެން އަހަރުތަކާ ހިލާފަށް ހުސެއިންގެ އުފަންދުވަސް މިފަހަރު ފާހަގަކުރީ އ.ދގެ އިސްވެރިންނާ އެކުގަ ނިއުޔޯކުގަ އެވެ.
ހުސެއިންގެ އުފަންދުވަސް ފާހަގަކުރި ފޮޓޯއް އ.ދގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދުވަނީ ޓުވީޓު ކުރައްވާފަ އެވެ. އަދި އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވެ އެވެ. އެފޮޓޯގައި ހުސެއިން ކޭކު ފަޅުއްވާ މަންޒަރު ފެނެ އެވެ.
މީގެ އިތުރުން ހުސެއިންވަނީ އ.ދގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓެރޭޒްއާއި އ.ދގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދާއެކު ހުންނެވި ފޮޓޯއެއް ޓުވީޓު ކުރައްވާ އެބޭފުޅުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބުމަކީ ލިބިވަޑައިގެންނެވި މަތިވެރި ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމާއި އަބްދުﷲ ޝާހިދާ ދެބޭފުޅުންނަކީ ވަރަށް ގާތް ދެ ބޭފުޅުންކަން ފާހަގަކޮށްލެވެ އެވެ. ހުސެއިން އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވީ ކޮން ދަތުރުފުޅެއްގައި ކަމެއް ހާމަކޮށްފައެއްނުވެ އެެވެ.
މާލެ އަތޮޅުގައި ބިން ހިއްކުމަށް ގަވާއިދާ ހިލާފަށް ވެލި ނަގަނީ
ޖެނިފާއާއި އޮބާމާއާ ގުޅުވައިގެން ދެކެވުނު ވާހަކަތަކުގެ ހަގީގަތް!
ދެން ބައިބައިވުމެއް ނޯންނާނެ ކަމަށް ނަޝީދާއި ސޯލިހު ވިދާޅުވެއްޖެ