ބޮލީވުޑްގައި މިވަގުތު އެންމެ ބޮޑަށް ފާހަގަކުރަމުންދާ އެއްކަމަކީ ފިލްމު އާރްއާރްއާރްގެ ކާމިޔާބީ އެވެ.

ފިލްމުގެ ކާމިޔާބީއާ ގުޅިގެން އުފާ ފާޅުކުރުމަށް ހަފްލާއެއް ބާއްވާފައިވާއިރު، އެ ހަފްލާއަށް މަޝްހޫރުކަން ހޯދާފައިވާ ރާކީ ސާވަންތު ވެސް ވަނީ ބައިވެރިވެފަ އެވެ.

އޭނާ އެ ހަފްލާގައި ބައިވެރިވީ ކޮން ސަބަބަކާއި ގުޅިގެންކަމެއް ގިނަ ބަޔަކަށް އެނގިފައިނުވާއިރު، ގިނަ ބަޔަކު ވަނީ ރާކީ އެ ހަފްލާއަށް އައިސްފައިވަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.

އެހެންނަމަވެސް އެންމެންގެ ކަޅި ހުއްޓިގެން ދިޔައީ ހަފްލާގައި ރާކީގެ ހެދުން ހަލާކުވުމުންނެވެ. އެ ހަފްލާގައި ރާކީ ލައިގެން ހުރީ ރަތް ކުލައިގެ ހެދުމެކެވެ. އަދި ހަފްލާގެ ތެރެއިން ރާކީގެ ހެދުން އެކި ފަހަރުމަތިން ހަލާކުވެފައިވެ އެވެ.

އާރްއާރްއާރް ފިލްމުގެ ކާމިޔާބީ ހަފްލާގައި ރާކީ ބައިވެރިވެއްޖެ.

ރާކީ އާންމުންނާއި މުހާތަބުކޮށް ވާހަކަ ދައްކާ ވީޑިއޯތައް ދޭތެރެއިން އާންމުވާއިރު، އޭނާ އަކީ މީހުންގެ ސަމާލުކަން ހޯދާ ފަންނާނެއް ކަމަށް އާންމުން ސިފަކުރެ އެވެ.

އެސަބަބާ ގުޅިގެން ގިނަ ބަޔަކު އޭނާ އަށް "ޑްރާމާ ކުއީން" ގެ ނަމުންވެސް ގޮވަ އެވެ. ހަމައެހެންމެ ރާކީ އަކީ ހިތް ތިރި މިޒާޖެއްގެ މީހެއް ކަމަށްވެސް ގިނަ ބަޔަކު ސިފަ ކުރެ އެވެ.

މީގެ ކުރިން ރާކީ މަޝްހޫރުކަން ހޯދާފައި ވަނީ ބޮލީވުޑްގައި ރީތި ނެށުންތަކެއް ހުށަހެޅުމުންނެވެ. އަދި އޭރު އޭނާގެ ރީތިކަމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.