ކައިލީ ޖެނާ އާއި ޓްރެވިސް ސްކޮޓްއަށް ލިބުނު ދެވަނަ ކުއްޖާއަށް ކިޔާނެ ނަމެއް އަދިވެސް ހަމަނުޖެހޭކަން ހާމަވެއްޖެ އެވެ.
ކައިލީ ޖެނާ އަދި ޓްރާވިސް ސްކޮޓްއަށް އެ މީހުންގެ އަލަތު ދަރިފުޅު ސްޓޯމީ ލިބިފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ.
ދަރިފުޅު ލިބުނުތާ މާގިނަ ދުވަހެއް ނުވެ އެ މީހުންގެ ގުޅުން ނިމުމަކަށް ގެނައި ނަމަވެސް ދަރިފުޅަށްޓަކައި އަބަދުވެސް ދެ މީހުން އެކުގައި ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދެ އެވެ.
މި ދެ މީހުން އަލުން ޑޭޓްކުރަމުންދާ ކަމުގެ ހަބަރުތައް އާންމުވުމަށްފަހު އަނެއްކާ ވެސް ކައިލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވި އެވެ. ކައިލީއަށް ދެވަނަ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ.
ދަރިފުޅު ވިހޭތާ ދެމަސް ދުވަސްވެފައިވާއިރު މިހާތަނަށް ދަރިފުޅަށް ނަމެއް ދެވިފައި ނުވާކަން ކައިލީ ވަނީ ހާމަކޮށްފަ އެވެ. އެހެންނަމަވެސް އެދެމީހުން ދަނީ ދަރިފުޅަށް ކިޔާނެ ނަމެއް ހޯދަމުން ކަމުގައި ރިޕޯޓުތަކުން ބުނެ އެވެ.
އިންސްޓަންޓް ނޫޑްލްސްއިން ކާނާ ވިހަ ވުމުގެ ރިޕޯޓުތަކެއް!
ވަރުގަދަ ގުޅުންތަކަކަށް ގެންގުޅެންޖެހޭ ރަނުގެ 3 އުސޫލެއް!
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
