ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށް އާ އޮނިގަނޑު އަންނަ މެއި މަހުގެ އެއްވަނަ ދުވަހު ހާމަކުރާނެ ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް "ވަގުތަށް" ނޫހަށް މައުލޫމާތުދެމުން ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންގެ މުސާރަ ބޮޑުކޮށް، އައު އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ޕޭ ކޮމިޝަނާއި ގުޅިގެން ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެއާއެކު އަންނަ މެއި މަހުގެ އެއްވަނަ ދުވަހު އެ އޮނިގަނޑު ނެރެ އެއަށް އަމަލު ކުރަމުން ގެންދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގަ ރިޔާސީ ބަޔާން އިއްވަވައި ރައީސް ސާލިހު ވަނީ ޓީޗަރުންގެ މުސާރަ އިތުރު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ، ގުރޭޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12،628 ރުފިޔާއިން 19،740 ރުފިޔާއަށް ބޮޑުވެގެން ދާނެ ކަމަށެވެ. އަދި އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.
ބަންކަރިން ހިދުމަތުން ލިބުނީ 282 މިލިއަން ރުފިޔާ: ސައީދު
މީޑިއާތަކަށް ފައިސާ ދޭ އުސޫލު ބަދަލުކޮށް އާންމުކޮށްފި
"އެވެޓާ"ގެ އާ ފިލްމަށް ލިބުނީ ފިނި ތަރުހީބެއް!

ޓީޗަރުންނަށް ސިވިލްސާވިސް އިންދެމުންދާ އެޕްރައިޒަލް ކުރިއެރުމެއް ވެސް މިސަރުކަރުން ނުދޭ.