ބޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިންބާޗިޔާއަށް ލިބުނު އަލަތު ދަރިފުޅުގެ ފޮޓޯ ވަރަށް އަވަހަށް އާންމުންނަށް ހިއްސާކުރާނެ ކަމަށް ބާރްތީ ބުނެފި އެވެ.
ބާރްތީއާއި އޭނާގެ ފިރިމީހާ ހަރްޝްއާ ދެ މީހުން، އަނެއްކާ ވެސް އެމީހުން ކުރިއަށް ގެންދިޔަ ކޮމެޑީގެ ޝޯކަމަށްވާ "ކަތްރާ ކަތްރާ ކަތްރާ" ފަށާފައިވާއިރު، ބާރްތީ ވަނީ ދަރިފުޅާއި ގުޅިގެން ޝޯގައި އާންމުންނާ މުހާތަބުކޮށް ވާހަކަ ދައްކާފަ އެވެ،
ބާރްތީ ބުނިގޮތުގައި އޭނާގެ ދަރިފުޅާއި އެކު އޭނާއަށް ވަގުތު ހޭދަކުރަން ލިބެނީ ހަވީރުގެ ވަގުތުގައި އެކަންޏެވެ. އަދި ސަބަބަކީ އޭނާ އުޅޭ ގޭގައި ދަރިފުޅާއިގެން އުޅޭ ގިނަ ބަޔަކު ތިބުމުން ކަމަށް ބާރްތީ ބުނެފައިވެ އެވެ.
ހަމައެހެންމެ ވަރަށް އަވަހަށް ދަރިފުޅުގެ ފޮޓޯ އާންމުންނާއި ހިއްސާކުރާނެކަމަށް ބާރްތީ ވަނީ ބުނެފަ އެވެ. ބާރްތީއާ ހަރްޝް އަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.
މީހުން ހެއްވާލާ ބާރްތީ އާއި ހަރްޝްއަކީ އިންޑިއާގައި މީހުންގެ މަގުބޫލުކަން ލިބިފައިވާ ދެ މީހުންނެވެ.
މި ދެ މިހުންނަށް ލިބުނު އުފާވެރިކަމާއެކު އެ މީހުންގެ ފޭނުން ވަނީ އެ ދެ މީހުންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޔޫއޭއީ ސަފީރުކަމުން ވަކިކުރި މުންދުއަށް ސަރުކާރުގެ ތަރުޖަމާނުކަން
ކޮއްކޮމެންނާ ގުޅުން ބަދަހިވީ ބައްޕަގެ މަރަށްފަހު: ބޮބީ
ހައްލުނުވި މާލޭގެ މަގުތަކުގެ ހާލަތު: ވިއްސާރައާއެކު ގޯހުން ގޯހަށް
