ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓްރެސް ޝްރައްދާ ކަޕޫރު ބޭނުންވަނީ އޭނާގެ ބައްޕަ ޝަކްތީ ކަޕޫރުއާ އެކު ކޮމެޑީ ފިލްމެއް ކުޅެން ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ ބުނީ، އޭނާގެ ބައްޕަ އަބަދުވެސް ގޭގައި ހުންނައިރު، މަޖާކޮށް، އެންމެންގެ މޫމަށް ހިނިތުންވުން ގެނެސްދޭ ކަމަށެވެ. އަދި އެފަދަ މަންޒަރެއް ބައްޕައާ އެކު ފިލްމެއްގައި ވެސް ކުޅެން ބޭނުންވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ޝަކްތީ ކަޕޫރަކީ ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފަންނާނެކެވެ.
ހިންދީ ފިލްމުތަކުގައި ހެއްވާ މަޖާ ރޯލުތަކުން އޭނާ ފެނިފައިވާއިރު، ނުބައި ރޯލުތަކުންނާއި ރަނގަޅު މީހުންގެ ރޯލުތައް ވެސް އޭނާ ކުޅެދީފައިވެ އެވެ.
ހަމައެހެންމެ ޝްރައްދާ އަކީވެސް ބޮލީވުޑްގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ފިލްމަށް އެހާ ބޮޑަށް ތަރުހީބު ނުލިބުނު ނަމަވެސް ގިނަ ބަޔަކަށް އޭނާ ކުޅުނު "އާޝިގީ 2" ކަމުގޮސްފައިވެ އެވެ. އަދި އެއަށްފަހު އޭނާ ކުޅޭ ގިނަ ފިލްމުތައް ވަނީ ކާމިޔާބުވެފަ އެވެ.
އޮލިމްޕިކްސްގައި އެއް ޓީމެއް، ވޯލްޑް ކަޕްގައި 4 ޓީމު!
"މާސްޓާސް ޓީޗަރުންގެ މުސާރަ ކުޑަކުރީ އެމްޑީޕީ ސަރުކާރުން"
ފަހު ވަގުތު ޕޯޗުގަލް ބަލިކޮށް ސްޕެއިން ކުއާޓާއަށް
