މިއީ އިޓާލިއަން ކުއިޒިން އަށް ލޯބިކުރާ ބޭފުޅުންނަށް ކަމުދާނެ ޑިޝް އެކެވެ. ތައްޔާރުކޮށްލަން ފަސޭހަ މި ޑިޝް ތިޔަބޭފުޅުންގެ ރޯދަ ސުފުރާ އިތުރަށް ފުރިހަމަ ކޮށްދޭނެ ކަން ޔަގީނެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ޕާސްތާ
  • 1.5 ޖޯޑު ހެވީ ކްރީމް
  • 1 ޖޯޑު ޗެއްޑާ ޗީޒް
  • 1 ޖޯޑު ބޯންލަސް ޗިކަން
  • ¼ ސައި ސަމުސާ ލޮނު
  • 1 ސައިސަމުސާ ހިކި އޮރެގާނޯ
  • 1 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 3 މޭޒުމަތީ ސަމުސާ ތެޔޮ
  • ޕާސްލީ ފަތް

ތައްޔާރު ކުރާނެ ގޮތް

  1. ފެންތެއްޔަކަށް 2 މޭޒުމަތީ ސަމުސާ ތެލާއި 1 ސައި ސަމުސާ ލޮނު އެޅުމަށްފަހު ޕާސްތާ ކައްކާށެވެ. ރަނގަޅަށް މަޑުވުމުން ފުރާނާލުމަށްފަހު ފިނިފެނުން ދޮވެލާށެވެ.
  2. އެހެން ތެއްޔެއްގައި 2 މޭޒުމަތީ ސަމުސާ ތެޔޮ ހޫނު ކުރުމަށްފަހު ކުކުޅު ކޮޅުގެ ފެން ހިކި ރަނގަޅަށް މަޑުވަންދެން ކައްކާށެވެ.ކުކުޅު ކޮޅު މަޑުވުމުން ޕާސްލީ އާއި ޗީޒް ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް ކުކުޅު ކޮޅުގެ ތެރެއަށް އަޅާލުމަށްފަހު އެއްކުރާށެވެ.
  3. މަޑުކުރި ޕާސްތާ އާއި ޗީޒް އަޅައި ޗީޒްކޮޅު ވިރެންދެން އެއްކޮށްލާށެވެ.