ބޮލީވުޑްގެ މަޝްހޫރު ފަންނާނު ސޯނަމް ކަޕޫރު އާންމުކުރި ސެލްފީއަކަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެ އެވެ.
މީގެ ދުވަސްތަކެއް ކުރިން ސޯނަމް ކަޕޫރް އަހޫޖާއާ އޭނާގެ ފިރިމީހާ އަލަތު ދަރިފުޅަށް އިންތިޒާރުކުރަމުން ގެންދާ ހަބަރު އާންމުންނާ ހިއްސާކޮށްފައިވާއިރު، އެ ހަބަރަކީ ދުވަސްތަކެއް ވަންދެން އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީގައި ހިނގަމުން ދިޔަ ހަބަރުތަކެކެެވެ.
އެއާއެކު ގިނަ ބަޔަކު ދަނީ ސޯނަމް ވިހާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.
ހަމައެހެންމެ މި ދުވަސްތަކުގައި ސޯނަމް އާންމުކުރާ ފޮޓޯތަކަށް ވެސް ގިނަ ބައެއްގެ ލޯތްބާއި ތައުރީފު ލިބެމުންދެ އެވެ. އެގޮތުން އޭނާ އެންމެ ފަހުން އިންސްޓަގްރާމުގައި ސެލްފީއެއް އާންމުކޮށްފައިވާއިރު، އެ ސެލްފީއަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.
ސޯނަމް ބުނާގޮތުގައި ކޮންމެ މީހަކަށް ވެސް މާބަނޑު ދުވަސްވަރަކީ ވަރަށް ހާއްސަވާނެ އުފާވެރި ދުވަސްތަކެކެވެ. ނަމަވެސް އެ ދުވަސްވަރުގައި އަންހެނުން ކުރިމަތިލާ ދަތިތަކާއި ވޭނުގެ ވާހަކަތަކަކީ އެއްވެސް މީހަކު ގިނައިން ދައްކާ ވާހަކަތަކެއް ނޫން ކަމަށް ސޯނަމް ވަނީ ބުނެފަ އެވެ.
ސޯނަމް އޭނާގެ މާބަނޑު ދުވަސްވަރު ސިފަކުރަނީ ވެސް ވަރަށް ވޭން ހުރި ދުވަސްތަކެއްގެ ގޮތުގަ އެވެ.
ސޯނަމްއާ އޭނާގެ ފިރިމީހާ އާނަންދު ކައިވެނީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރު މެއި މަހުގެ އަށްވަނަ ދުވަހު އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެޓް އޮފީސް
މިފަހަރުގެ އީދަށް އެއްވެސް ރަށެއްގައި ބޮކިފަތި ދިއްލުމެއް ނެތް!
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސަލާމަތް ނުކުރެވޭނެ: ހާމަނާއީ
