މިއަދަކީ އިސްލާމީ ގިނަ ގައުމުތަކަށް ރޯދަ މަހުގެ 29 ވަނަ ދުވަހެވެ. ވުމާއެކު ދީނީ ގޮތުންނާއި ސަގާފީ ގޮތުން އީދަށް ހަނދުބެލުން މިރޭ އޮންނާނެ އެވެ.

ރޯދަ މަސް ނިމި މާދާމާ އީދުކަމުގައި ވާނީ މިރޭ ޝައްވާލު މަހުގެ ހުޅެވި ހަނދު ފެނިގެންނެވެ. އެހެން ކަމުން ދުނިޔޭގެ މުސްލިމުން ދިރިއުޅޭ ގިނަ ގައުމުތަކުގައި އީދަށް ހަނދުބެލުން މިއަދުގެ އިރު އޮއްސޭ ވަގުތު ކުރިޔަށް ދާނެ އެވެ. ހަނދު ފެނުމާ ނުފެނުން ބިނާވެފައި އޮންނާނީ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުރުމާއި ނެތުމުގެ މައްޗަށެވެ.

ދީނީ ގޮތުން ހަނދު ބެލުމުގެ ރަސްމިއްޔާތުތައް ކުރިޔަށް ދިޔަކަމުގައި ވިޔަސް ފަލަކީ ހިސާބުގެ މައްޗަށް ބުރަވެ އިސްލާމީ ކަލަންޑަރު ބައެއް މުސްލިމު ގައުމުތަކުގައި ދުރާލާ ވަނީ އެކުލަވާލެވިފަ އެވެ. އެގޮތުން ސައޫދީ އަރަބިޔާގެ އުންމުލްގުރާ ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކަށް ވާނީ މޭ 2 ވާ ހޯމަ ދުވަހެވެ. ސަބަބަކީ ފަލަކީ ހިސާބުތަކުގެ މައްޗަށް ބުރަވާއިރު ހޮނިހިރު ދުވަހުގެ އިރު އޮއްސޭއިރު ޝައްވާލް މަހުގެ ހުޅެވި ހަނދު ފެނުމުގެ ފުރުސަތު ނެތުމެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުގެ އިދާރާތަކަށް ފަލަކީ މައުލޫމާތު ފޯރުކޮށްދޭ އޭޖެންސީން ބުނާ ގޮތުގައި ޖޫން 30 ވާ އާދީއްތަ ދުވަހު ހަނދު ފެނުމުގެ ފުރުސަތު ދުނިޔޭގެ އެއްވެސް ހިސާބަކަށް ނެތެވެ. އޭގެ ބަދަލުގައި ޝައްވާލު މަހުގެ ހުޅެވި ހަނދު އާދީއްތަ ދުވަހުގެ އިރު އޮއްސޭ ގަޑީގައި ދުނިޔޭގެ ބައެއް ހިސާބުތަކަށް ފެންނާނެ އެވެ. އެހެންކަމުން ފަލަކީ ހިސާބުތަކުން ސާބިތުވާ ގޮތުގައި ދުނިޔޭގެ ހުރިހާ މުސްލިމުން ވެސް އާދީއްތަ ދުވަސް ހޭދަ ކުރާނީ ރޯދަހިފުމުގަ އެވެ.

ފިތުރު އީދު ދުވަހަށް ވުމުގެ ފުރުސަތު އޮތީ މޭ 2 ވާ ހޯމަ ދުވަހު އެވެ. ހުރިހާ އެންމެނަށް އީދު މުބާރިކް!