ރޯދަ މަހުގެ އެންމެ ފަހު ދުވަހު މި ގެނެސްދެނީ ފޮނި ކެއުމެކެވެ. ހަދާލަން ފަސޭހަ މިކެއުން ސުފުރާ މައްޗަށް އިންސާފު ކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟

ބޭނުންވާނެ ތަކެތި:

  • 250 ގްރާމް ހަކުރު
  • 250 ގްރާމް ފުށް
  • 250 ގްރާމް ކަދުރު ( އޮށް ނަގާފައި، ކޮށާފައި)
  • 2 މޭޒުމަތީ ސަމްސާ މާޖިރިން
  • 1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑަރ
  • 80 ގްރާމް މޭބިސް ކަނދުރު ( ކުދިކޮށް ކޮށާފައި)
  • 80 ގްރާމް ކަނަމަދު ( ކުދިކޮށް ކޮށާފަައި)
  • ބައި ޖޯޑު ކިރު ( ފުލް ކްރީމް)
  • 2 ކުކުޅު ބިސް
  • ދެ ސައިސަމްސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

  1. ފުރަތަމަ ބޭކިން ޕައުޑަރާއި ފުށް އެއްކޮށް ފުރާނުމަށްފަހު ވަކިން ބަހައްޓާށެވެ.
  2. ދެން އެހެން ތަށްޓެއްގައި މާޖިރިން، ހަކުރު އަދި ކުކުޅު ބިސް އަަޅައި ގިރާލާށެވެ.
  3. ހަކުރު ވިރެންދެން ގިރުމަށް ފަހު އޭގެ ތެރެއަށް ފުށް އަޅާށެވެ. އެއަށްފަހު ކިރު އަޅައި ރަނގަޅަށް ގިރާލާށެވެ.
  4. އެއަށްފަހު ފުށްގަނޑު ތެރެއަށް ވެނީލާ އެސެންސް އެޅުމަށް ފަހު ކަދުރާއި ، ކަނަމަދުގެ އިތުރުން މޭބިސްކަދުރު އަޅާ އެއްކޮށްލާށެވެ.
  5. ތައްޔާރު ކުރެވުނު މިކްސް ޓްރޭއަކަށް އަޅަވި އެއްވަރު ކުރުމަށްފަހު އަވަން 250 ޑިގްރީގައި ބަހައްޓައިގެން 30 މިނެޓު ވަންދެން ފިހެލާށެވެ.