މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައި އެކަން އިއުލާންކޮށްފި އެވެ.

ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ބައްދަލުވުމަށްފަހު އެކަން އިއުލާން ކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު އިރުއޮއްސޭއިރު ރާއްޖެއަށާއި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ދުވަސް ކަމަށާއި އަދި ފިތުރު އީދު ދުވަހަކީ ހޯމަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒާހިރު ވަނީ އިސްލާމީ އުންމަތަށް މިފަދަ އުފާވެރި އީދުތައް ތަކުރާރު ކުރެއްވުން އެދި ދުއާ ދަންނަވާފަ އެވެ.

ތަފްސީލް އަންނަނީ....