ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތިގެ ގޮތުގައި 7.111،354ރ. ދައްކާފައިވޭ. މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 159,290 މީހުން. ހޮނިހިރު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ޖުމްލަ 1،187.85 ކިލޯގެ ތަކެތި ދައްކާފައިވޭ. ގޮވާމުން ވެސް 3،938 މީހުން ޒަކާތް ދައްކާފައިވޭ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ 1،780 މީހަކަށް މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބަހައިފި އެވެ.

މި ފައިސާ މި މީހުންނަށް ފޯރުކޯށްދީފައިވަނީ ބޭންކް އެކައުންޓް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 7.111،354ރ. ދައްކާފައިވާ ކަމަށެވެ. މި މުއްދަތުގައި ޒަކާތް ދައްކާފައި ވަނީ 159,290 މީހުންނެވެ.

މިގޮތުން މި ފައިސާ މިހާރު މާލޭ ސިޓީގެ ފަގީރުންގެ ލިސްޓްގައި ހިމެނިފައިވާ 1،782 މީހުންގެ ތެރެއިން 1،780 މީހުންގެ ފައިސާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް މިދިޔަ ހޮނިހިރު ދުވަހު ޖަމާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ފައިސާ ޖަމާނުކުރެވިވާ ދެ މީހުންނަކީ އެކައުންޓް ނެތް އަދި ނުގުޅޭ ދެ ފަރާތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި ރަމަޟާން މަހު ވެސް ފިތުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 1،187.85 ކިލޯގެ ތަކެއްޗެވެ. ގޮވާމުން ޒަކާތް ދައްކާފައިވަނީ 3،938 މީހުންނެވެ.

މާދަމާއަކީ ފިޠުރު ޢީދުދުވަހަށް ވާތީ، ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން މިއަދު ގެ އިރުއޮއްސި 6 ޖެހުމާ ހަމައަށްކުރިއަށް ގެންދިޔަ އެވެ. މިގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެންނާއި ބަނޑޭރި ޕޭ މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ގޮތް ހަމަޖެއްސި އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ސީއެޗްއެސްއީ ގެ ހޯލުގަ އެވެ.