ބިގް ބޮސް 13 ގެ ބައިވެރިޔާ ޝެހެނާޒް ގިލް އާއި މަޝްހޫރު ބޮލީވުޑްގެ ފަންނާނު ސަލްމާން ޚާންއާ މެދުގައި އޮތް ގުޅުމަށް އާންމުންގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ދާދި ފަހުން ސަލްމާނުގެ އަންހެން ކޮއްކޮ ބޭއްވި އީދު ޕާޓީން ޝެހެނާޒާއި ސަލްމާނު ފެނިފައިވާއިރު، ޕާޓީ ނިމެންދެން ވެސް ސަލްމާނާއި ޝެހެނާޒާ މެދުގައި އޮތް ގައިގޯޅިކަން އާންމުން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ސަލްމާނާއި ޝެހެނާޒު އެ ޕާޓީ ނިމެންދެން ވެސް އެކީގައި ގައިގޯޅިކޮށް އުޅޭ މަންޒަރު ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

އެކަކު އަނެކަކަށް ދޮން ދިން މަންޒަރާއި، ބައްދާ މަންޒަރު ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

ބިގް ބޮސްއިން މަޝްހޫރުކަން ހޯދި ޝެހެނާޒް، ގިނަ ބަޔަކަށް ކަމުގޮސްފައި ވަނީ އޭނާގެ މަޖާ މިޒާޖުގެ ސަބަބުންނެވެ.

ހަމައެހެންމެ ޝެހެނާޒްގެ ކުރީގެ ލޯބިވެރިޔާ ސިދްހާރްތް ޝުކްލާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާއާ އެހެނިހެން ގޮތްގޮތުން ވެސް ޝެހެނާޒަށް ހިތްވަރުދީ ކުރިއެރުމަށް އެއްބާރުލުން ދެމުންނެވެ.