ބިގް ބޮސް 13ގެ ބައިވެރިޔާ ޝެހެނާޒް ގިލް އާއި މަޝްހޫރު ބޮލީވުޑްގެ ފަންނާނު ސަލްމާން ޚާންއާ މެދުގައި އޮތް ގުޅުމަށް އާންމުންގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ދާދި ފަހުން ސަލްމާނުގެ އަންހެން ކޮއްކޮ ބޭއްވި އީދު ޕާޓީން ޝެހެނާޒާއި ސަލްމާނު ފެނިފައިވާއިރު، ޕާޓީ ނިމެންދެން ވެސް ސަލްމާނާއި ޝެހެނާޒާ މެދުގައި އޮތް ގައިގޯޅިކަން އާންމުން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ސަލްމާނާއި ޝެހެނާޒު އެ ޕާޓީ ނިމެންދެން ވެސް އެކީގައި ގައިގޯޅިކޮށް އުޅޭ މަންޒަރު ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

އެކަކު އަނެކަކަށް ދޮން ދިން މަންޒަރާއި، ބައްދާ މަންޒަރު ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ. ޕާޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ސަލްމާނާއި މާބޮޑަށް ގާތްވުމުން ޝެހެނާޒަށް ފާޑުކިޔާފަ އެވެ.

އެގޮތުން ޝެހެނާޒަކީ ތަނަވަސްކަން ހޯދުމަށް އުޅޭ މީހެއް ކަމަށާއި، ސިދާރުތްގެ ފަހުން މިހާރު ބޭނުން ވެގެން އުޅެނީ ސަލްމާނު ކަމަށް ބުނެ ސޯޝަލްމީޑިއާގައި އާންމުން ނުރުހުން ފާޅުކޮށްފައިވެ އެވެ.

ހަމައެހެންމެ އާންމުން އިތުރަށް ބުނީ، އީދު ޕާޓީގައި ދެ މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެންމެންގެ ތެރޭގައި އަހުލާގު ބަހައްޓަން ޖެހޭ ގޮތް ހަނދާން ނެތިފައިވާ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ފަހަކަށް އައިސް ޝެހެނާޒާއި ސަލްމާނު ގާތް ގުޅުމަކީ އާންމުންގެ ތެރޭގައި ދެކެވޭ މަޝްހޫރު ވާހަކައެކެވެ. އަދި ޝެހެނާޒަށް ސަލްމާނު އޭނާގެ އުސޫލުތައް ބަދަލުކޮށް ހުރިހާ ކަމެއް ކުރާކަން ވެސް އާންމުން ވަނީ ފާހަގަކޮށްފަ އެވެ.