ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރް ހާންއަކީ ޕަޕަރާޒީގެ ފޭވަރިޓެކެވެ. ތައިމުރުގެ ކޮންމެ ފެނިލުމަކުންވެސް އާންމުންގެ ހިތްތައް ލޯބިން ބަންޑުންކޮށްލަ އެވެ.

ދާދިފަހުން ކަރީނާ ވަނީ ތައިމޫރު ގޮވައިގެން ސައިފްގެ ފިލްމް، ބޫޓް ޕޮލިޝް ޝޫޓުކުރާ ދަރްމަސާލާ އަށް ގޮސްފަ އެވެ. މި ފިލްމުގެ މުހިއްމު ރޯލަކުން އަރްޖުން ކަޕޫރު ފެނިގެންދާތީ އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ހާންވެސް ވަނީ އަރްޖުން އާއި އެކު ވަގުތު ހޭދަކުރުމަށް ދަރްމަސާލާއަށް ގޮސްފަ އެވެ.

https://www.instagram.com/p/CHlKJ_rBlzE/

ކަރީނާ އާއި މަލައިކާ އަށް އެ ސިޓީއަށް އާދެވުމާއެކު ފަތުރުވެރިންނަށާއި މީޑިއާތަކަށް ހީވީ އީދެއް އައިހެންނެވެ. މަލައިކާ، އަރްޖުން. ކަރީނާ، ސައިފް އަދި ތައިމޫރު ހިނގާލަން ނުކުމެ އުޅޭ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ސައިފް ތައިމޫރުގެ އަތުގައި ހިފަހައްޓައިގެން ހުރި އިރު ފަތުރުވެރިން ފޮޓޯ ނަގާ ވަރުން ތައިމޫރު ހުރީ އުނދަގޫ ވެފަ އެވެ. އެންމެ ފަހުން ވަރަށް ބާރަށް "ނޯ ފޮޓޯ" އޭ ބުނެލަ އެވެ.