ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ކައިވެނީގެ ބޭރުން ވެސް ދަރިއަކު ހުންނަކަމަކީ ގިނަ ބަޔަކަށް އެނގިފައިވާ ހަގީގަތެއް ނޫނެވެ.

އެގޮތުން ޖެސިކާ ހައިންސް ކިޔާ ބްރިޓިޝް އަންހެން މީހަކާ އެކީގައި އާމިރަށް ދަރިއަކު ލިބިފައިވެ އެވެ. އެ ދެމީހުންނަށް ލިބިފައި ވަނީ ފިރިހެން ދަރިއެކެވެ.

ޖެސިކާއަކީ އަމީތާބު ބައްޗަންގެ ބައޮގްރަފީ ލިޔުމުގައި މަސައްކަތް ކުރަން އުޅުނު މީހެކެވެ. އަދި ޖެސިކާ ދަރިފުޅުގެ ބައްޕައަކީ އާމިރު ކަމަށް އޭނާ ވެސް އެއްބަސްވެފައިވެ އެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ޖެސިކާ ބުނީ، އެންމެ ފުރަތަމަ އާމިރާ ދިމާވެފައިވަނީ ފިލްމު "ގުލާމް"ގެ ޝޫޓިންގެ ތެރޭގައި ކަމަށެވެ. އަދި ދެ މީހުންގެ ލޯބީގެ ގޮތުން ގުޅި، ޖެސިކާ ބަނޑުބޮޑުކަން ހާމަވުމުން އާމިރު ދަރިފުޅު އެބޯޓުކުރުމަށް އެންގި ކަމަށް ޖެސިކާ ބުނެ އެވެ.

ޖެސިކާގެ ދަރިފުޅާ އާމިރުު ހަވާލުނުވި ނަމަވެސް އާންމުން ވަނީ ޖެސިކާގެ ދަރިފުޅާއި އާމިރާ ފެންނަ ފެނުމުގައި ވަރަށް ވައްތަރު ކަމަށް ބުނެފަ އެވެ.