ހުޅުމާލޭގައިވާ ހިޔާ ފުލެޓު ސަރަހައްދުގައި ހުރި ކުނިތަކެއްގައި އަނެއްކާވެސް ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިއަދު އަލިފާން ރޯވެފައިވަނީ ހިޔާ ފްލެޓްތަކުގެ އެޗް-6 ޓަވަރާއި އެޗް-7 ޓަވަރާ ދެމެދު ހުރި ކުނި ފުންޏެއްގަ އެވެ. އަދި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔާ ރެސްކިއު ޓީމުން ހަރަކާތްތެރިވެފައިވެ އެވެ.
އެ ހާދިސާ ހިނގީ މަތިން ވެއްޓުނު އެއްޗެއްފެ ސަބަބުންކަމަށާއި، އޭގެ ސަބަބުން، ކުނި ފުނީގައި ރޯވެގެން ކަމަށް މީޑިއާތަކަށް އާންމުން ބުނެފައިވެ އެވެ.
ފްލެޓް ސަރަހައްދުގައި ހުރި ކުނި ތަކުގައި ރޯވެ މީގެ ކުރިން ވެސް އެތައް ފަހަރަކު އަލިފާން ރޯވެފައިވާއިރު، ފްލެޓް ތަކުގައި ދިރިއުޅޭ މީހުން ވަނީ، އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން އެ ސަރަހައްދުގައި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އެންމެ އެކަށީގެންވާ ގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ހިޔާ ސަރަހައްދުގައި ގާއިމްކޮށްފައި ނުވާކަމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
އެމްޕީއެލްގައި އިތުރު 600 މުވައްޒަފުން، މަހަކު 20 މިލިއަން ރުފިޔާ
މަގު ކޮންނަނިކޮށް އާރްޑީސީ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް
