ބިގް ބޮސް 13ގެ ބައިވެރިޔާ ޝެހެނާޒް ގިލްގެ ވާހަކަދައްކާ ރާގަށް ގިނަ ބަޔަކު މަލާމާތްކުރި ކަމަށް އޭނާ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝެހެނާޒް ވަނީ ބިގް ބޮސްއަށް އައުމަށް ފަހު އޭނާއަށް އާންމުންގެ ލޯތްބާއި މަގުބޫލުކަން ލިބޭ ކަމަށް ބުނެފަ އެވެ. ހަމައެހެންމެ އޭނާއަށް ލިބެމުންދާ މަޝްހޫރު ކަމަކީ ގިނަ ދުވަސްތަކަކު އޭނާ ކުރި މަސައްކަތާއި އިންތިޒާރުގެ ފޮނި ނަތީޖާ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.

ޝެހެނާޒް އިތުރަށް ބުނީ، މިއަދު ލިބެމުންދާ، އާންމުންގެ ލޯތްބަކީ އެއް އިރެއްގައި ގިނަ ބަޔަކު އޭނާއަށް މަލާމާތްކުރި ކަމަކަށް ލިބޭ ލޯތްބެއް ކަމަށެވެ. ގިނަ ބަޔަކަށް ޝެހެނާޒްގެ ސަކަ މިޖާޒާއި ވާހަކަ ދައްކާ ރާގު ކަމުދިޔަ ނަމަވެސް އެއީ އެއް އިރެއްގައި އޭނާއަށް އެ ކަމެއްގެ ސަބަބުން ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ ރައްދުވި ކަމެއް ކަމުގައި އޭނާ ބުނެފައިވެ އެވެ.

ބިގް ބޮސްއިން މަޝްހޫރުކަން ހޯދި ޝެހެނާޒް، ގިނަ ބަޔަކަށް ކަމުގޮސްފައި ވަނީ އޭނާގެ މަޖާ މިޒާޖުގެ ސަބަބުންނެވެ.

ހަމައެހެންމެ ޝެހެނާޒްގެ ކުރީގެ ލޯބިވެރިޔާ ސިދްހާރްތް ޝުކްލާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާއާ އެހެނިހެން ގޮތްގޮތުން ވެސް ޝެހެނާޒަށް ހިތްވަރުދީ ކުރިއެރުމަށް އެއްބާރުލުން ދެމުންނެވެ.