އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓުގައި ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރައްވާ އެމަނިކުފާނު ވިދާޅުވީ އުންމީދާއި ހިޔާލުވެސް ނުކުރެވޭ މިންވަރަށް މި ސަރުކާރުންވީ "ވައުދުތައް ފުއްދަވައިފި" ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ އުދާސްތައް ހިފަހައްޓަނީ ފުލުހުންގެ ބެރިކޭޑުންކަމަށާއި، ފާޑު ކިޔުންތަކާއި ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ ރައީސް އިބްރަހިމް މުހައްމަދު ޞާލިޙް އުޅުއްވަނީ މީޑިއާތަކަށް ފިއްލަވައިގެންކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރު އެމަނިކުފާނު ސިފަ ކުރައްވާފައިވަނީ ވަރަށް ލަސް ޗަރުކޭހެއްގެ ސިފައިގަ އެވެ.
ރައީސް ޔާމީން ގެންދަވަނީ ފަހަކަށްއައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޓުވިޓަރގައި އެމަނިކުފާނު މިހާރު ވަރަށް ހަރަކާތްތެރިކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓުވީޓު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް ހަރަކާތަކީ އިންޑިޔާ އައުޓް ހަރަކާތެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ އިންޑިޔާ އައުޓް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ގަރާރަކީ ގާނޫނު އަސާސީއާއި ހިލާފު ގަރާރެއް ކަމަށާއި އެއަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.
ފަލަސްތީނާއި ސީރިޔާގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުން މަނާ
ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު އެއްބަސްވުމެއް
މުއިއްޒު ނުހައްގުން ފްލެޓް އަތުލި އެކަނިވެރިމައެއްގެ ޝަކުވާ!