ބޮލީވުޑްގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ދީފިކާ ޕަޑުކޯން އާއި ރަންވީރް ސިންގް އަންނަނީ އެ މީހުންގެ ބިޒީ ދިރިއުޅުމުން ވަގުތުކޮޅެއް ހުސްކޮށް، އެމެރިކާގައި ވަގުތު ހޭދަކުރަމުންނެވެ.
އެގޮތުން އޮސްޓިން، ޓެކްސަސްގައި ހުންނަ އިންޑިއާ ކެއުމަށް ހާއްސަ ރެސްޓޯރެންޓަށް ދިއުމުން އެ ދެމަފިރިންނަށް ލިބުނީ ހައިރާންކަމެކެވެ.
އެ ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭ ދޯސާއަކަށް ނަންދީފައިވަނީ ދީޕީކާގެ ނަމުނެވެ. ރަންވީރު ވަނީ މި މެނޫގެ ފޮޓޯއެއް ނަގާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. އަދި "އަހަރެން މީތި ކާނަން،" މިފަދައިން ލިޔެފައިވެ އެވެ.
މި ފޮޓޯ ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ވައިރަލްވެގެން ގޮސްފަ އެވެ.
75 ވަނަ މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލު ކުރާނީ ޔުއީން!
ކޮރެއާ ބަލިކޮށް ސައުތު އެފްރިކާ ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކް ފެނިދާނެތަ؟
